މޮރިޝަސްގެ ބޮޑުވަޒީރު-
ހަބަރު
27 Feb 2026 | 22:19
މޮރިޝަސްއިން ރާއްޖެއާ އެކު ހާރިޖީ ގުޅުންތައް ކަނޑާލައިފި

ޗާގޯސް ލިބުން އެންމެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ބުނެ އަދުގެ ސަރުކާރުން ވަކާލާތު ކުރާތީ، މޮރިޝަސް ސަރުކާރުން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

މޮރިޝަސްގެ ކެބިނެޓުން މި ނިންމުން ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ކެބިނެޓްގެ ނިންމުން އިއުލާންކޮށް ބޮޑުވަޒީރު އޮފީހުން ހާމަކުރި ގޮތުގައި، ޗާގޯސްގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތް ކަމަށް ކުރިން ރާއްޖެއިން ގަބޫލުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ މިހާރުގެ ނިންމުމަކީ އެކަން ބަލައިނުގަތުމެވެ.

މީގެ އިތުރުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރަން ފެށުމަކީ ގުޅުން ކަނޑާލަން ޖެހުނު މައިގަނޑު ސަބަބު ކަމަށް އެ ގައުމުން ބުނެއެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 15 ޖެނުއަރީ 1981ގަ އެވެ. އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ. 

ޗާގޯސް މައްސަލާގައި މޮރިޝަސް އިން ރާއްޖެއާއެކު ގުޅުން ކަނޑާލާފައިވާއިރު،  ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. އެގޮތުން، ސަރުކާރުން ދެކޭ ގޮތުގައި ކަނޑުން ބައެއް ގެއްލުމުގައި އެ ސިޓީގެ ދައުރު ބޮޑެވެ.

ކޮމެންޓް
މުޙައްމަދު
މިހާރު ތިޔަކަމާ އުޅެން މާބޮޑަށް ވެސް މި ފަސޭހަވީ. ވާހަކަދައްކަން ނުތިބެ އިތުރަށް މަސައްކަތް ހަލުއިކުރަންވީ
28 Feb 2026
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.