ފްލައި ދުބާއީގެ ފްލައިޓެއް.. ފޮޓޯ:
ހަބަރު
28 Feb 2026 | 17:00
ވައިގެ ސަރަހައްދު ބަންދުކުރުމުން ފްލައި ދުބާއީގެ ފްލައިޓް އެނބުރި ވީއައިއޭއަށް

މިއަދު ހެނދުނު ވެލާާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރި ފްލައި ދުބާއީގެ ބޯޓެއް މެދުއިރުމަތީގެ ވައިގެ ސަރަހައްދު ކުއްލިއަކަށް ބަންދުކުރުމާ ގުޅިގެން އެނބުރި ވީއައިއޭއަށް ޖައްސައިފިއެވެ.

މި ފްލައިޓް ދުބާއީއަށް ދިއުމަށް ވީއައިއޭއިން ފުރާފައިވަނީ މިއަދު ހެނދުނެވެ. އީރާން އަދި އިސްރާއީލުން ކުއްލިއަކަށް އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ހޫނުވެ، އެންމެފަހުން އަރަބި ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެގޮތުން ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއިން ފުރި ފްލައި ދުބާއީގެ ފްލައިޓް ވަނީ އަނބުރާ ވީއައިއޭއަސް އައިސްފައެވެ. 

ވީއައިއޭގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، މިއަދު 18:00 ގައި ކޮލަމްބޯ މަގުން ވީއައިއޭއަށް އަންނަން އޮތް ގަލްފް އެއާލައިންގެ ބޯޓެއްގެ ދަތުރުވަނީ ޑިލޭވެފައެވެ. މީގެ އިތުރުން މިއަދު ފުރަންއޮތް އެއާ އަރަބިއާ އަދި ބަހްރެއިނުން އަންނަން އޮތް ގަލްފް އެއާގެ ފްލައިޓެއް ވަނީ ޑިލޭވެފައެވެ.

ތެހެރާނަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހް ހޫނުވެ، އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ވަގުތުން ބަންދު ކޮށްފައެވެ. 

ޔޫއޭއީގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާކަން ހާމަކޮށްފައެވެ. . ހަމައެހެންމެ، ގަތަރާއި ކުވައިތުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ވައިގެ ދަތުރުފަތުރުތައް ވަގުތުން ހުއްޓާލާފައެވެ. ބަހުރޭނުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުން މިސައިލްގެ ހަރަކާތްތަކެއް ފާހަގަކުރެވިފައިވާތީ ދަތުރުފަތުރަށް ހުއްޓާލާފައެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގއި މެދުއިރުމަތީގެ މަޝްރަހް ހޫނުވުމާ ގުޅިގެން ހާއްސަ ގޮތެްގައި ގަލްފްގެ ޤައުމުތައް ކަމަށްވާ، ބަހްރެއިން، ކުވެއިތް، އޮމާން، ޤަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީން ވަނީ އެ ޤައުމުތަކަށް ނިސްބަތްވާ އެއާޕޯޓްތަކުގެ ފްލައިޓް އޮޕަރޭޝަންތަކުގެ ބޮޑުބައެއް ހުއްޓުަކަށް ގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.