މިރޭގެ ޖަލްސާގައި ރައީސް މައުމޫން ތަގުރީރު ކުރައްވަނީ --
ހަބަރު
04 Mar 2026 | 02:09
އެމެރިކާއާ އިޒްރޭލްގެ އަމަލަކީ ފިނޑިކަމުގެ އެންމެ ފިނޑި އަމަލެއް: މައުމޫން

އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ހަމަލާދީ އެ ގައުމުގެ އެންމެ އިސް ލީޑަރު ޝަހީދުކޮށްލާ އިޒްރޭލާއި އެމެރިކާއިން ހިންގި އަމަލުތަކަކީ ފިނޑިކަމުގެ ކޮޅެއްވެސް ނެތްހާ ފިނޑި އަމަލުތަކެއް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދަވާފައިވާ "މައުމޫން ފައުންޑޭޝަން" ގެ އިހްޔާ ސިލްސިލާގައި މިރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "މުއުމިނުންނަކީ އަޚުންތަކެއް" މި މައުލޫއަށް އެމަނިކުފާނު ދެއްވި ތަޤުރީރުގައި ވިދާޅުވީ އެމެރިކާއާ އިޒްރޭލް ގުޅިގެން އީރާންގެ އެންމެ އިސް ލީޑަރު ޝަހީދުކޮށްލެއްވީ އެމަނިކުފާނުގެ އޮފީސްކޮޅުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫން ތަގުރީރު ކުރައްވަނީ --

މިއީ ވަރަށް ނާތަހުޒީބު އަދި އެހާމެ ފިނޑި އަމަލެއް ކަމުގައި ވިދާޅުވި އެވެ.

"މިހާރު މިހިނގަމުންދާ ކަންތައްތަކަކީ [އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަކީ] ފިނޑި އަމަލުތަކެއް. ފިނޑިކަމުގެ ކޮޅެއްވެސް ނެތް އަމަލުތަކެއް. ބޮޑެތި ގައުމުތަކުގެ ވެރީން ރައްކާތެރި ތަންތާންގައި ނިދާފައި ތިބެގެން މި ފޮނުވަނީ އެކިކަހަލަ ރޮކެޓްތަކާއި އަދިވެސް އެނޫންވެސް ނުރައްކާތެރި ހަތިޔާރުތައް ފޮނުވައިގެން އެހެން މީހުން ނިދާފައި ތިއްބާ ނުވަތަ މަސައްކަތުގައި ތިއްބާ މި މަރަނީ. މިއީ ވަރަށް ނުރައްކާތެރި އެއްވެސް އުސޫލެއް ނެތް ފިނޑި އަމަލުތަކެއް," ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަނގުރާމައަކީ ސުލްހައާ ހަމަޖެހުން ނަގާލާ އެއްޗެއް ކަމަށެވެ. އަދި އެއީ ހަގީގަތުގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެހެން ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަން ކުރަން ޖެހޭނީ އުސޫލެއްގެ ތެރެއިން ހަމަތަކެއްގެ މަތީގައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫން ތަގުރީރު ކުރައްވަނީ --

އެކަމުގެ އެންމެ ރީތި ނަމޫނާ އުންމަތުގެ ރަސޫލާ ދައްކަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާއާ އިޒްރޭލުން މިއަދު ކުރަމުންދާ އެފަދަ ކަަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"ހަނގުރާމައަކީ ވެސް އަސްލު ކުރަން ނުޖެހޭ އެއްޗެއް. އެކަމަކު ކުރަން ޖެހޭ ހާލަތެއްގައި ވެސް ވަކި އުސޫލަކުން ކުރަން ޖެހޭ އެއްޗެއް. އެއްގޮތަކަށްވެސް ހަމަ ބޭނުންވިހާ ގޮތަކަށް މީހުންތައް މަރާ ތަންތަން ސުންނާފަތިކޮށް މިހެން ހަދައިގެން ނުވާނެ,"

ރައީސް މައުމޫންގެ ތަގުރީރުގައި ވިދާޅުވީ "މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި" ކަމަށް މާތްالله އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މުސްލިމަަކަށް ނުވަތަ މުސްލިމު ގައުމަކަށް ދަތިކަމެއް ދިމާވެއްޖެނަމަ އެހެން ހުރިހާ މުސްލިމުން އެބަޔަކަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ

އަދި މުސްލިމުންނަކީ އެކަކަށް ލިބޭ އަނިޔާއަކުން އެ މީހަކު ރައްކާތެރިކޮށްދޭން މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. މުސްލިމުންނަކީ އަދުއްވުންގެ ހަމަލާތަކަށް ކުޅަދާނަވީ ވަރަކުން ތައްޔާރަށް ތިބެން ޖެހޭ ބަޔަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

އަދި މުސްލިމުން ވާން ޖެހޭނީ ދީނުގައި އަންގާފައިވާ ރީތި އުސޫލުން ކަންކަން ކުރަން އިސްކަންދޭ ބަޔަކަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.