މިރޭގެ ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
ހަބަރު
08 Mar 2026 | 03:04
އޮކްޓޫބަރުގައި ކޮންގްރެސް އޮންނާނެ، ރައީސް އެދިވަޑައިގަތީ މެންބަރުންގެ އަދަދު 100,000އަށް އިތުރުކުރަން

އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ޕީއެންސީގެ ކޮންގްރެސް އޮންނާނެ ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަ ގްރޭޓާ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ މިރޭ އާޓިފިޝަލް ބީޗުގައި އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހު އޮންނާނެ ކަމަށެވެ. އެ ނިންމުން ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާ ކަަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ މިއީ އެ ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރަން މަަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. 2023 ވަނަ އަހަރު ޕީއެންސީގައި ތިބީ 3,000 މެންބަރުން ކަމަށާ ނަމަވެސް މިއަދު އެ ޕާޓީގައި 75,000 ވުރެ ގިނަ މެންބަރުން އެބަ ތިބި ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެކަމުގެ ހުރިހާ ޝުކުރެއް ހައްގީ ޕާޓީގެ މެންބަރުންނަށް ކަމަށެވެ.

ޕީއެންސީއަށް ގަދަކަމުން މެންބަރުން ނުވައްދާނެ ކަމަށާ ކޮންމެ މެންބަރަކީ ފުރިހަމަ ރުހުމުގައި ޕާޓީއާ ގުޅިފައިވާ މެންބަރުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ކޮންގްރެސް އަކީ ސިޔާސީ މަސައްކަތުގައި ކުރިއަށްދާން ހުޅުވާލެވޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެން ކަމުން ކޮންގްރެސްގެ ކުރީން އެ ޕާޓީއާ އިތުރު މެންބަރުން ގުޅުމަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ އެކި ސަބަބުތައް ދިމާވެ ކުޑަކޮށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން ވެސް ޕާޓީއާއެކު އިތުރަށް މަސައްކަތް ކޮށް ދިނުމަށް އެދިވަޑައިގަތެވެ.

އެމަނިކުފާނު ޔަގީންކަން ދެއްވީ ކޮންގްރެސްގައި މަގާމުތަަކަށް މެންބަރުން އިންތިހާބު ކުރާނީ ދެފުށްފެންނަ އަދި ވަރަށް އިންސާފުވެރި ކަމާއެެކު ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.