ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުޝްރިފް އަލީ (މުޝްރިފް)
ހަބަރު
08 Mar 2026 | 11:48
”ދަ ގްރޭޓާ އައްޑޫ“ގެ ތަޞައްވުރަކީ އައްޑޫގެ ތަރައްޤީގެ އާ މަރުޙަލާގެ ބިންގާ؛ މި ފަށަނީ އާ ބާބެއް: މުޝްރިފް

ދަ ގްރޭޓާ އައްޑޫ ގެ ތަޞައްވުރާއެކު ފެށިގެންދާނީ އައު ބާބެއް ކަމަށާ އެއީ އައްޑޫގެ ތަރައްގީގެ އައު މަރުޙަލާއެއް ކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.

”ދަ ގްރޭޓާ އައްޑޫ“ ވިޝަން އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޙާއްސަ ހަފްލާގައި ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަކީ ހީވާގި، މަސައްކަތްތެރި، އަދި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލްކަންހުރި ކާމިޔާބު ބައެއް ކަމަށެވެ. އެގޮތުން، އައްޑޫގެ ރައްޔިތުން، އެކިއެކި ދާއިރާތަކުން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާއެކު އޭނާ ވަނީ، އައްޑޫގެ ރައްޔިތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދައްކަމުންދާ ހުނަރާއި، ހަކަތައާއި އަދި ތަރައްޤީގެ ރޫޙް، އަމިއްލަ ސިޓީގައި ވަރުގަދަވެއްޖެ ނަމަ އައްޑޫއަށް އަންނާނެ ބޮޑު ބަދަލާމެދު ސުވާލުުކުރައްވާފައެވެ. 

މިރޭ ތަފްސީލްކޮށް މި ދެންނެވުނު ދަ ގްރޭޓާ އައްޑޫގެ ތަޞައްވުރުގެ އަސްލަކީ މިއީ. މިއީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއްނޫން. މިއީ އިގްތިޞާދީގޮތުން ވަރުގަދަ އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް އައްޑޫ ތައްޔާރުކުރުމުގެ މަސައްކަތެއް

މުޝްރިފް އަލީ 

މުޝްރިފް އިތުރަށް ވިދާޅުވީ، އައްޑޫއަކީ ތަރައްގީއަށް ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ތަނެއް ކަމަށެވެ. ނަމަވެސް ހަމައެކަނި ގާބިލްކަން ހުރުމަކީ، އައްޑޫ ރައްޔިތުން އެދޭފަދަ ސިޓީއަކަށް އެތަން ބަދަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އާ ބިންގަލެއްމަތީގައި ފައިތިލަ ސާބިތުކޮށް ތެދުވަންވީ ވަގުތު އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަ ގްރޭޓާ އައްޑޫގެ ތަޞައްވުރަކީ، އައްޑޫގެ ތަރައްގީގެ މަރުހަލާގެ އައު ބިންގާ. މިއީ އަމިއްލަވަންތަކަާއި އިގްތިސާދީ ފުރުސަތުތައް ގުޅުވައިދޭ ބިންގާ. މިމަގު ހޯދާނެ ކާމިޔާބީ އަކީ ހަމައެކަނި މިސިޓީއަށް އޮތް ފައިދާއެއް ނޫން. މިއީ ރާއްޖޭގެ އިގްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. 

މުޝްރިފް އަލީ 

މުޝްރިފް ވިދާޅުވީ، ދަ ގްރޭޓާ އައްޑޫގެ ތަޞައްވުރާއެކު ފެށިގެންދަނީ އައު ބާބެއް ކަމަށާ، އައްޑޫ ރައްޔިތުން ކޮންމެ ތަނެއްގައި ތިބި ނަމަވެސް، އެ ތަޞައްވުރު ހަގީގަތަކަށް ހަދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.