މިތިބީ އިސްރާއިލާއެކު؛ ޕާކިސްތާނަށް ދިން ފިލާވަޅު އީރާނަށްވެސް ދޭން ތައްޔާރު: އިންޑިއާ ސިފައިން

އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއި ނިރުބަވެރި ނަތަންޔާހޫ

އިންޑިޔާއިން ޕާކީސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ސިންދޫރު ފަދަ ބޮޑު އޮޕަރޭޝަނެއް އީރާނާ ދެކޮޅަށްވެސް ކުރިއަށް ގެންދަން އިންޑިޔާ އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ އެއާ ފޯސްގެ ސްކޮޑްރަން ލީޑަރ އަންކިތާ ބުނެފިއެވެ. 

އިންޑިޔާ ނޫސްތަކަށް މައުލޫމާތު ދެމުން، އަންކިތާ ބުނީ އިޒްރޭލަކީ ހަމައެކަނި އިންޑިއާގެ ސްޓްރެޓެޖިކް ބައިވެރިއެއް ނޫން ކަމަށެވެ. އަދި އިޒްރޭލްގެ ޕައިލެޓުންނަކީ އިންޑިޔާގެ ޕައިލެޓުންނަށް ތަމްރީނު ދޭ މީހުން ކަމަށާ، އެއީ އިންޑިޔާގެ އިންޛިޔާ ޕައިލެޓުންގެ އެދުރުން ކަމަށެވެ.

އެހެންކަމުން އެމެރިކާއާއި އިސްރާއިލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިސްރާއިލަށް އެހީވުމަށް އިންޑިޔާގެ ނޭވީ ފޯސް އޮންނާނީ ތައްޔާރަށް ކަމަށްވެސް އޭނާ ބުންޏެވެ.  

"އިންޑިއާ އެއާ ފޯސްގެ ޕައިލެޓުން، ހާއްސަކޮށް އަންހެން ޕައިލެޓުން، ސަރުކާރުގައި ދަންނަވަމުން މިދަނީ، އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވާން ހުއްދަ ދިނުމަށް. އޮޕަރޭޝަން ސިންދޫރްގައި ޕާކިސްތާނަށް ދިން ފިލާވަޅު، އީރާނަށްވެސް ދޭނަން. މިތިބީ އިޒްރޭލްގެ ފަރާތުން ބަދަލު ހިފާން ތައްޔާރަށް،" އަންކިތާ ބުނެފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައަށް 14 ވަނަ ދުވަސް ވެގެން ދިޔައިރު، އިޒްރޭލްގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަރުގަދަ ހަމަލާތަކެއް ފުލުފުލުން ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ.

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެގައުމުގެ އައު ރޫހާނީ ލީޑަރ މުޖްތަބާ ޚާމަނާއީ ވަނީ ފުރަތަމަ ރަސްމީ ބަޔާން ނެރުއްވާފައެވެ. ބަޔާނުގައި ވިދާޅުވީ، މެދު އިރުމަތީ ސަރަހައްދުގައި ހުރި އެމެރިކާ އަސްކަރީ މަރުކަޒުތައް ބަންދު ނުކޮށްފިނަމަ، ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާ ސިފައިންގެ ހުރިހާ މަރުކަޒެއް ވަގުތުން ބަންދުކޮށް، ސިފައިން ފޭބުމަށް ވެސް ސުޕްރީމް ލީޑަރ ވަނީ ގޮވާލައްްވާފައެވެ.

އދ.ގެ ރެފިއުޖީ އެޖެންސީ، ޔޫއެންއެޗްސީއާރް އިން ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 ން ފެށިގެން ހިންގަމުންދާ އެމެރިކާ-އިޒްރޭލް ހަމަލާތަކުގެ ސަބަބުން، އީރާނުން ގާތްގަނޑަކަށް 32 ލައްކަ، މީހުންވަނީ ހިޖުރަ ކޮށްފައެވެ.

ކޮމެންޓް