ބްރިޖު ފެންސުގައި ޖެހި ޕިކަޕެއް ފުރޮޅާލައިފި

ބްރިޖު އެކްސިޑެންޓް

ހުޅުމާލެއިން އެއާޕޯޓަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ދާދި ދެންމެއަކުއެވެ.

އެ ސަރަހައަދުގައި ފުލުހުންވެސް ހަރަކާތެރިވަމުންދާއިރު، ޕިކަޕު ފުރޮޅާލުމުގެ ސަބަބުން އުޅަނދުތައް ވަނީ ތޮއްޖެހިފައެވެ. 

މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

ކޮމެންޓް