އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
18 Mar 2026 | 12:25
ޓްރަމްޕް ޗައިނާއަށް ކުރަން ނިންމި ދަތުރު ފަސްކޮށްފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުން މަހެއްހާ ދުވަހަށް ނުވަތަ ފަސްވަރަކަށް ހަފުތާއަށް ފަސްކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި އޭނާ ވޮޝިންގްޓަންގައި މަޑުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

"އަހަރެން ޗައިނާއަށް ދާން ބޭނުން، އެކަމަކު މި ހަނގުރާމައިގެ ސަބަބުން މިވަގުތު މިތަނުގައި ހުރުން މަޖުބޫރު ކަމަށް އަހަރެން ދެކެން." ރައީސް ޓްރަމްޕް  އޯވަލް އޮފީހުގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

މި ދަތުރުފުޅު ކުރިން ރާވަލުކޮށްފައި އޮތީ މާރިޗު 31 އިން އޭޕްރިލް 2 ގެ ނިޔަލަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި  ހަމަލާތަކަށް މިހާރު ވަނީ ތިން ހަފުތާ ވެފައެވެ. މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ ރޫޙާނީ ލީޑަރު ޢާޔަތުالله ޚާމަނާއީ އަވަހާރަވެފާވާއިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 200 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި މަގު އަލުން ހުޅުވުމަށް އެހީތެރިވުމަށް ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާއިން މިކަމުގައި އެހީތެރިނުވާނަމަ ބައްދުލުވުން ފަސްކުރާނެ ކަމުގެ އިންޒާރުވެސް ރައީސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ދަތުރުފުޅު ފަސްކުރި ނަމަވެސް، ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށާއި، ރައީސް ޝީއާއެކު އޮތީ ގާތް ގުޅުމެއް ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް، މި ފަސްކުރުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މައްސަލަތަކާއި، ޓައިވާން އަދި ޓެރިފް މައްސަލަތަކާ ބެހޭގޮތުން ކުރަން ހަމަޖެހިފައިވާ މަޝްވަރާތައް މަޑުޖެހިގެންދާނެ ކަމަށް އިޤްތިސާދީ މާހިރުން ލަފާ ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.