އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
25 Mar 2026 | 13:46
ތުއްތު ކުދިން ފޯސްޓާކުރާ، ސަރުކާރު ވަޒީފާތަކުގައި އުޅޭ ބެލެނިވެރިންނަށް ޚާއްސަ ޗުއްޓީއެއް ދެނީ

‏ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތައް ޤާނޫނީ ބެލެނިވެރިކަމާ ހަވާލުވާއިރު، އެފަރާތްތަކަށް ޚާއްޞަ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޯސްޓާ ކުރުމާއި ގުޅޭ ގޮތުން ހުރި އެކި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅިފައިވާ ކަމަށެވެ. 

އޭގެ ތެރެއިން އެއް ކަންބޮޑުވުމަކީ ކުދިންނާއެކު ވަގުތު ހޭދަކުރަން ނުލިބޭ މައްސަލަ ކަމަށާ، ޚާއްސަކޮށް އެންމެ ތުއްތު ކުދިން ފޯސްޓާ ކުރާ ބެލެނިވެރިންނަށް އެކުދިން ތުއްތު އިރު ކުދިންނަށް އަޅާލައި ވަގުތު ހޭދަ ނުކުރެވުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކުދިންނާ ހަވާލުވާއިރު ވަރަށް ތުއްތު ކުދިން. ވަރަށް ގިނަ ފަހަރަށް އެ ކުދިންނަކީ ހޮސްޕިޓަލުތެރެއިން، ވިހައި ނިމިގެން، އެންއައިސީޔޫ ތެރޭގައި އަދި އޭގެ ފަހުން ވޯޑުގެ ތެރޭގައިވެސް މަހެއްހާ ދުވަހު އެކުދިން، ބަލަހައްޓަންޖެހޭ. އެ ބަލަހައްޓާ މުއްދަތު ތެރޭގައި ވަޒީފާ އަދާކުރާ ފޯސްޓާ ބެލެނިވެރިން ވަޒީފާއަށް ދަމުން ހޮސްޕިޓަލުގައި ގިނައިރުތަކެއްވާންދެން ތިބޭންޖެހޭ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު ވިދާޅުވީ، ވިހެއުމުގެ ޗުއްޓީގެ ގޮތިގައި އަންހެނުންނަށް 6 މަސްދުވަސް، އަދި ފިރިހެނުންނަށް 1 މަސް ލިބޭ ކަމަށާ، އެހެންކަމުން، ފޯސްޓާ ބެލެނިވެރިންނަށްވެސް ޚާއްސަ ޗުއްޓީއެއް ދިނުމާމެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ. 

މި އޭޕްރީމްމަހު ފޯސްޓާކުރާ ފަރާތްތަކަށްވެސް ޚާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް މިހާރު ހަމަޖެހިފައި އެ އޮތީ. އެއީ އަޅުގަނޑުމެންގެ ކުދިންނާ، އެ ކުދިންނާ ހަވާލުވާން ތިބި މީހުންނަށް ލިބިގެންދާ ބޮޑު ލުޔަކަށްވާނެ

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ހޮސްޕިޓަލުގެ ތެރެއިން ނޫން ގޮތަށް ފޯސްޓާ ކުރެވޭ އެކުދިންނާ ގާތް ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވާ ކަމަށާ، އެފަރާތްތަކަށްވެސް ޗުއްޓީ ދިނުމާމެދު މަޝްވަރާކުރެވި އެކަންވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.  މި ޗުއްޓީގެ ސަބަބުން ފޯސްޓާ ކުރާ ބެލެނިވެރިންނާއި އެ ކުދިންނާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.