މާލީ ވަޒީރު މޫސާ ޒަމީރު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Mar 2026 | 16:12
ސްކޫކު ދެއްކުމުގެ ކަންކަން ބަދަލެއް ނައިސް ކުރިއަށްދާނެ: މާލީ ވަޒީރު

ރާއްޖެއިން މިއަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަދަލެއް ނައިސް ކުރިއަށްދާނޭކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސުކޫކް ދެއްކުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނޭކަމަށާއި ކަމުގައި ނުތަނަވަސްކަމެއް ނެތްކަމަށެވެ. ރާއްޖެއިން އަދާކުރަންޖެހޭ މި ސުކޫކު ދައްކަންޖެހޭ އެންމެ ފަހު ތާރީހަކީ މިއަންނަ އޭޕްރިލްމަހުގެ 8 ވަނަ ދުވަހެވެ.

ވަޒީރު ވިދާޅުވީ ސުކޫކު ދައްކާނީ ރީފައިނޭންސް ކޮށްގެން ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ އެއްބައި ރީ ފައިނޭންސްކޮށް އަނެއްބައި ސަރުކާރުން ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ ސުކޫކް ދައްކައި ނިމުމުން އެ މުއާމަލާތާ ގުޅޭ ކަންކަމުގެ މައުލޫމާތުތައް ހާމަކުރައްވާނޭކަމަށެވެ. 

ސިޗުއޭޝަންއަކަށް އެއްވެސް ބަދަލެއް ނާދޭ. އަދި ހަމަ ކުރީގަވެސް އައިސް ވިދާޅުވެފަ އޮތް ގޮތަށް އަށް އެޕްރިލްގަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ސުކޫކް ދެއްކުމުގެ ކަންތައް ކުރިއަށް ދާނެ. ދެން ސުކޫކް ދައްކާ ނިމުނީމަ އަޅުގަނޑުމެން އިތުރަށް އެއާބެހޭ އިތުރު މައުލޫމާތުތައް ހާމަކުރާނަން

މާލީ ވަޒީރު، މޫސާ ޒަމީރު

މާލީ ވަޒީރު މިއަދުވެސް ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މާލީ ހާލަތު އޮތީ ރަނގަޅަށް ކަމަށެވެ. 

މިމަހުގެ ދެވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ސުކޫކް ދައްކަންޖެހިއްޖަނަމަ އެ ދެއްކުމުގެ ގާބިލްކަން ސަރުކާރުގެ އެބައޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސުކޫކް ދެއްކުމަށް 650 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ރައްކާ ކުރެވިފައިވާ ކަމަށާ، އޭގެތެރެއިން 320 މިލިއަން ޑޮލަރަކީ އެސްޑީއެފްގައި ރައްކާކުރެވިފައިވާ ފައިސާ ކަމަށެެވެ. އަދި އަނެއް 330 މިލިއަން ޑޮލަރަކީ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ