ރައީސް މުޢިއްޒު އާއި ބަންގްލަދޭޝްގެ ބޮޑު ވަޒީރު
ހަބަރު
26 Mar 2026 | 12:40
ބަންގްލަދޭޝްއަކީ އިތުބާރު ހުރި އަވަށްޓެރި ގައުމެއް: ރައީސް މުޢިއްޒު

ބަންގަލަދޭޝްއަކީ އިތުބާރުހުރި އަވަށްޓެރި ގައުމެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

ރައީސް މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ބަންގްލަދޭޝްގެ ތާރީޚުގައި މި ފާހަގަކުރާ މުހިންމު ދުވަހަކީ މިނިވަންކަމާއި މުސްތަޤުބަލަށް އޮތް އުންމީދުތައް ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މި އުފާވެރި ފާހަގަކުރުންތަކަކީ އެ ގައުމުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމުގައި ޔަގީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވާ، އިތުބާރު ހުރި އަވަށްޓެރި ގައުމެއްގެ އިތުރުން ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވެމުންދާ ހެޔޮ މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ބާއްޖަވެރި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.