09 Jul 2019 | 15:30
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރަން ހުށައެޅީ ސަރުކާރާާއި މަޝްވަރާނުކޮށް: ހަސަން ލަތީފް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިނާޔަތް ބޮޑުުކުރުމަށް ޖުމްހޫރީ ޕާޓީން ހުށައަޅާފައިވަނީ ސަރުކާރާއި މަޝްވަރާ ކުރުމެއް ނެތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ހުށައެޅުއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނުގެ އިސްލާާހަށް ބަހުސް ކުރައްވަމުންނެވެ.

އެ އިސްލާހުގައި އެދިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް 5000ރ. އާއި 7000ރ. އާ ދެމެދުގެ އަދަދަކަށް އިތުރު ކުރުމަށެވެ.

މި ބިލް ހުށައަޅުއްވަމުން ނާޒިމް ވިދާޅުވީ މި ބިލް ހުށައެޅުއްވުމަށް ގަސްދުކުރެއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ވާތީކަމަށެވެ.

މިއަދު އޮތް މި ބިލްގެ ބަހުސްގައި ވާާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ބިލް ހުށައެޅީ ސަރުކާރުގެ ކޯލިޝަންގައި އޮތް ޕާޓީއަކުން ކަމުގައިވިޔަސް، މި ބިލާއި ބެހޭގޮތުން އެމްޑީޕީއާއި ފިނޭންސް މިނިސްޓްރީއާއި އެކުގައިވެސް މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ.

މި ބިލް މިހާރު އޮތްގޮތުން ދައުލަތުގެ ބަޖެޓަށްވެސް ބުރަވާނެކަމަށް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

"އެމްޑީޕީގެ ސަރުކާރުން ބަޖެޓު އެކުލަވާލަނީ ތަފާތުކޮށް. މެނިފެސްޓޯގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް އެކްޝަން ޕްލޭން އެއް ހަދަނީ. އެ ޕްލޭން އަށް ބަޖެޓު ކަނޑައަޅަނީ. މިހާރު ބަޖެޓު އޮތީ ކަނޑައެޅިފައި،" ހަސަން ލަތީފު ވިދާޅުވިއެވެ.

މި ބިލް ހުށައެޅުނު މަގްސަދާއި މެދު ސުވާލުއުފެދޭ ކަމަށާއި އެހެންކަމުން މި ބިލަށް ތާއިދުނުކުރައްވާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ފުރިހަމައަށް ތާއީދު ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅު ކުރަން މަޖިލީހުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް. ހަމަކަށަވަރުން ވެސް އެމްޑީޕީ އޮންނާނީ ތައްޔާރަށް. އެހެން ނަމަވެސް މިފަދަ ގޮތަކަށް ހުށަހަޅާ ބިލަކަށް އެމްޑީޕީ އިން ތާއީދު ނުކުރާނެ ކަން ވެސް އަޅުގަނޑަށް ފުރިހަމައަށް ޔަގީން،" ލަތީފު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.