ޓްރާންސްޕޯޓް މިނިސްޓަރު އަމީން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Mar 2026 | 17:15
ކުރެވުނު މަސައްކަތްތަކުން ބައެއް އެއާލައިންތައް އަންނަން ފަށައިފި: އަމީން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ބައެއް އެއާލައިންތަކުގެ ދަތުރުތައް ފެށިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓުމަކަށް އައި ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ކުރެވިގެން ދިޔަ މަސައްކަތްތަކުން ބައެއް އެއާލައިންތަކުގެ ދަތުރުތައް ފެށިފައިވާކަމަށެވެ. އެގޮތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީ މި ދިޔަ ހަފްތާ އިން ފެށިގެން ޖުމްލަކޮށް ކޮންމެ ދުވަހަކު ފްލައިޓެއް ރާއްޖެ އަންނަމުންދާކަމަށެވެ. އެ އެއާލަިއންތަކުގެ ދަތުރުތައް ފެށުމަކީ މި ދަނޑިވަޅުގައި ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އެ އެއާ ލައިންތަކުގެ އިތުރުން ބެލަރޫސްގެ ބެލަވިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކަންތައްތައް ހަމަޖައްސަމުންދާކަމަށެވެ.

ރޭޝިއޯއަށް ބަލަންޏާމު އެހެން ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެއަށް ކުރިއެރުންތަކެއް ލިބިފައިވާއިރު، މި އެޕްރިލް މަހުގެ 9 އަކުން ފެށިގެން ގަތަރް އެއާވޭސްއިން ދުވާލަކު 5 ފްލައިޓް އޮޕަރޭޓް ކުރަން ފަށާނޭ ކަމަށާއި، އެ ދަތުރުތަކުގެ ޝެޑިއުލް ވެސް މިހާރު ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާލައިން މި އޮޕަރޭޓް ކުރަނީ ދެ ޝެޑިއުލަކަށް. ރާއްޖޭގައި އަބަދުވެސް ވިންޓާ ޝެޑިއުލްއަށް ވުރެ ސަމާ ޝެޑިއުލްގައި ބުކް ލޯޑް ދަށްވާނެ. އެހެން ނަމަވެސް މި އަޅުގަނޑުމެންނަށް މި އެޕްރިލް މަހު ފަހުން ވެސް އެއިރޯ ފްލޯޓް އިތުރު ތިން ފްލައިޓް މެއިންޓެން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި އެބައޮތް. އަދި ޝެޑިއުލް ވެސް ފައިލް ކުރައްވާފައި އެބަވޭ

މިނިސްޓަރު އަމީން 

މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށިގެން ދިޔައިރު ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ފްލައިޓްތަކުގައި އަންނަ މީހުންގެ އަދަދު 50 އިންސައްތައިގަ ހުރިނަމަވެސް ފްލައިޓް ލޯޑް މިހާރު 75 އިންސައްތައާ ހަމަޔަށް ގެންދެވިފައިވާކަމަށެވެ. މިއީ މި ހާލަތުގައި ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގައި ހާރިޖީ ވުޒާރާއިންނާއި ޓޫރިޒަމް މިނިސްޓްރީން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނައިރު، މި އެހީތެރިކަމާއެކު ކުރިއަށް އޮތްތަނުގައި މި ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދާނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.