އައްޑުސިީގައި އެންސްޕާގެ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ހަބަރު
31 Mar 2026 | 20:17
އައްޑޫސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފި

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫސިޓީގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްދޭ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

މިއީ އައްޑޫ ސިޓީގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި، ހުޅުވި އޮފީހެކެވެ.

މިކަމަށްޓަކައި ހިތަދޫގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި، ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑުސިީގައި އެންސްޕާގެ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން..

އެންސްޕާއިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އެންސްޕާއިން ބުނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން ނުވަތަ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް ރަށްރަށަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް. މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ

މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް

މި  އޮފީސް ހުޅުވުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނޭކަމަށް އެންސްޕާއިން ބުނެއެވެ. ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފުޅާކުރި މި ޚިދުމަތުގެ ސަބަބުން، އެންސްޕާ އަދި އާސަންދައާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމާއި، އެކަންކަމުގައި ޖަވާބެއް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އަވަސްވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.                   

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.