އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
01 Apr 2026 | 08:01
އެއްބަސްވުމަކަށް ނާދެވުނަސް އީރާން ހަނގުރާމަ 2-3 ހަފްތާ ތެރޭގައި ނިމިދާނެ: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭގައި އެމެރިކާއިން ހުއްޓާލަފާނެ ކަމަށާއި، ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ބޭނުންނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، އީރާނާއެކު ސިޔާސީ ގޮތުން އެއްބަސްވުމަކަށް އައުމަކީ ހަނގުރާމަ ހުއްޓާލުމަށް އޮތް ޝަރުތެއް ނޫން ކަމަށެވެ.

"އީރާނުން އެއްބަސްވުމެއް ހަދާކަށް ނުޖެހޭ. އަހަރެމެން ވަރަށް އަވަހަށް އީރާނު ހަނގުރާމަ ނިންމާލުމަށް މިދަނީ ތައްޔާރުވަމުން،" ޓްރަމްޕް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އީރާން "އިހުޒަމާނަށް" ސްޓޯން އޭޖް ފޮނުވާލެވިއްޖެ ކަމުގެ އިހުސާސް ކުރެވުމުންނާއި، އެ ގައުމަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުވުމުން އެމެރިކާއިން އެގައުމުން ފައިބާނެ ކަމަށެވެ.

ނަމަވެސް އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަންކަން ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށިތާ ފަސް ހަފްތާ ވެފައިވާއިރު، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

ޚާރިޖީ ސިޔާސަތުގެ މާހިރުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ މި ވާހަކަތަކާމެދު ސަމާލުވާންޖެހެއެވެ

. "ކުރިން ބުނީ 4 ދުވަހުން ނިމޭނެ ކަމަށް. ދެން ބުނީ 3 ހަފްތާއިން ނިމޭނެ ކަމަށް. މިހާރު މިބުނަނީ 2-3 ހަފްތާއޭ،" ކުއިންސީ އިންސްޓިޓިއުޓްގެ މާހިރު ޓްރިޓާ ފާސީ ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ އިޒްރޭލުން ގެންގުޅޭ "މޯވިންގ ދަ ލޯން“ ސިޔާސަތާ އެއްގޮތް ކަމެކެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އެމެރިކާގެ ބައިވެރި ގައުމުތަކަށް، ޚާއްސަކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަށް ވަރަށް ބޮޑަށް ކިޔާފައެވެ.

"ޓްރުތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ހަނގުރާމައިގައި އެހީތެރިނުވާ ގައުމުތަކުން "އަމިއްލައަށް ތެޔޮ ހޯދަން" ޖެހޭނެ ކަމަށާއި، އެމެރިކާގެ އެހީއަށް ދެން އުންމީދު ނުކުރުމަށެވެ.

މީގެ އިތުރުން، އިޒްރޭލަށް ހަތިޔާރު ހިފައިގެންދާ ބޯޓުތައް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ނުދޭތީ އެކަމާވެސް ޓްރަމްޕް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ހޯދަން ބޭނުންވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އީރާން ހަނގުރާމައިގެ މަގްސަދުތައް ހާސިލުކުރުމުގެ ދެބައިކުޅަ އެއްބައި މިހާރު ނިމިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.