މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
01 Apr 2026 | 23:54
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ރައީސް ވިދާޅުވެ ދެއްވައިފި

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެ ދެއްވައިފި އެވެ.

އެމަނިކުފާނު ވަނީ މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޮތް ފައިދާތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބު ބާއްވާތާ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޭއްވުމުން ގައުމާއި ރައްޔިތުންނަށް އެކަމުންވާ އެއްވެސް ފައިދާއެއް ނެތް ކަމަށާ މުޅީންވެސް ވަނީ ގެއްލުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެ ހަގީގަތް އެންމެން ގަބޫލުކުރާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަސް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި ގޮތް ރައްޔިތުންނަށް އޮތީ ފެނިފައި ކަމަށެވެ. އެ ހާލަތު ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ވިދާޅުވެ ދެއްވާފަ އެެވެ.

މިރޭ އޮތް ކޮންގްރެސްގެ ޖަލްސާ

ރައީސް އެއް ކަމަކަށް ފާހަގަ ކުރައްވާ މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކަކަށް މަގުފަހިވުމެވެ. އަދި އެގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލު ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވޯޓް ނެގުމުގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތް ކަމަށެވެ. އަދި ހާސިލުކުރައްވަން ބޭނުންފުޅުވާ އަމިއްލަ މަސްލަހަތެއް ވެސް ނެތް ކަމަށެވެ. އެމަނިކުފާނު އޮތީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތާއި ރަނގަޅު ގޮތް ހޯދާ ދިނުން ކަމުގައި ވިދާޅުވި އެވެ.

މިރޭ އޮތް ކޮންގްރެސްގެ ޖަލްސާ

އެހެން ކަމުން ގައުމާއި ރައްޔިތުންގެ މުސްތަގުބަލަށް އަދި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް "ފެންނަ" ކަމަށް ވޯޓް ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ބަންްދު ކުރުމަށް ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓް ދިނުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

އަދި އެ ބަދަލާއި ދެކޮޅަށް އެމްޑީީޕީން ކުރަމުންދާ މަސައްކަތަށް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް
ރަކި
ވެރިކަމާހެދި ބޫތުކައިފަ. ހޭބަލިވެފަ. ވޯޓަށް ވަޒީފާ ބަހަނީ ނުކިޔަވާތިބޭ ޖާހިލުނަނަށް. މިހާރުދެން މި ގައުމުގަ ކިޔަވާނެކަމެއް ނެތް
02 Apr 2026
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ