ގަތަރު އެއާވޭސް؛ ފޮޓޯ / އެފްރިކާ ބިސްނެސް ކޮމިއުނިޓީ
ހަބަރު
02 Apr 2026 | 14:29
ގަތަރު އެއާވޭސްގެ ދަތުރުތައް އޭޕްރީލް 8 ގައި އަލުން ރާއްޖެއަށް ފަށަނީ

މެދުއިރުމަތީގެ މަސްރަޙަށް އައި ބަދަލުތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް، އަންނަ ބުދަ ދުވަހުން ފެށިގެން އަލުން ރާއްޖެއަށް ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

މި ނިންމުމާއެކު ދޯހާ އާއި މާލެއާ ދެމެދު ކުރިއަށްދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން އިއާދަވެގެންދާނެއެވެ.

އާ ތާވަލުގައިވާ ގޮތުން، އޭޕްރީލް 8 އިން ފެށިގެން ހަފްތާއަކު ފަސް ފްލައިޓް ރާއްޖެއަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަގުތީ ތާވަލު އޭޕްރީލް 15 ގެ ނިޔަލަށް ދެމިއޮންނާނެ ކަމަށާއި، އޭގެ ފަހުގެ ތާވަލު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ. ނަމަވެސް، އޮޕަރޭޝަނަލް ހާލަތަށް އަންނަ ބަދަލުތަކާއެކު ތާވަލަށް ބަދަލު އައުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއިންނާއި ރާއްޖެއަށް ދަތުރު ކުރާ ގިނަ ދަތުރުވެރިން ގަތަރުގެ ދޯހާ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްއިން ޓްރާންސިޓްވެއެވެ. އެގޮތުން، ގަތަރު އެއާވޭސް އިން ދަތުރުތައް މެނދުކަނޑާލާފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދައްވެފައެވެ. މީގެ އިތުރުން، މެދުއިރުމަތިން ރާއްޖެއަށް އަންނަ އެހެނިހެންވެސް ފާހަގަ ކޮށްލެވޭ އެއާލައިންތަކުންވެސް ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ މެނދުކަނޑާލާފައެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު އެމިރޭޓްސްވެސް ހިމެނެއެވެ.

ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، 15 ޖޫން 2026 ގެ ނިޔަލަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފްލެކްސިބަލް ރީބުކިންގް ޕޮލިސީއެއްގެ ދަށުން ބަދަލުތައް ގެނައުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އޮޕަރޭޝަނަލް ބަދަލުތައް އައުން އެކަށީގެންވާތީ، ކޮންފާމްޑް ޓިކެޓެއް އޮތް ފަރާތްތަކުން ނޫނީ ދަތުރު ނުކުރުމަށް އެއާލައިނުން ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.