އާރުޑީސީއަށް އާ މެޝިނަރީތަކެއް ގެނައުން..
ހަބަރު
02 Apr 2026 | 16:38
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި އާރުޑީސީއަށް ގިނަ އަދަދެއްގެ މަޝިނަރީ ގެނެސްފި

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޗައިނާގެ (އެކް.ސީ.އެމް.ޖީ) ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ބޭނުންވާ ބޮޑެތި މެޝިނަރީތައް މިއަދު ރާއްޖެ ގެނައިސް އާރްޑިސީ އާއި ހަވާލުކޮށްފިއެވެ.

މި ވެހިކަލްތައް ހަވާލުކޮށްފައިވަނީ މިއަދު އާރްޑީސީން ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ގޮތުން، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން، ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތަކަށް ދިމާވެފައިވާ މެޝިނަރީގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން ޖުމްލަ 230 ޔުނިޓުގެ ހެވީ މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތްތަކަށް އެންމެ މުހިންމު އެއް ސާމާނު ކަމަށްވާ އެސްފަލްޓް މެޝިނަރީތައް ވެސް ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މެޝިނަރީ ގެނައި ފުރަތަމަ ފަހަރެވެ.

މެޝިނަރީތައް ގެނައުމުގެ އިތުރުން، މި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ ސާވިސް ސެންޓަރަކާއި ސްޕެއާ ޕާޓްސް ހަބެއް ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. މި ހަބް ގާއިމުކުރުމުން މެޝިނަރީއަކަށް މައްސަލައެއް ދިމާވެގެން މަސައްކަތް ހުއްޓިފައި އޮންނަންޖެހޭ ވަގުތު މަދުވެ، މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.

މި ތަކެތި ލިބުމުން ކުއްޔަށް މެޝިނަރީ ހޯދުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅު ފަދަ ބޮޑެތި ސަރަހައްދުތަކުގެ މަގު ހެދުމާއި އެހެނިހެން އުމްރާނީ މަސައްކަތްތައް އަވަސްކުރުމަށް މި މެޝިނަރީތައް ބޭނުންކުރާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުތަކަށް ދިމާވެފައިވާ ލޮޖިސްޓިކަލް ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އުމްރާނީ ދާއިރާ ޒަމާނީކޮށް، ސަރުކާރުގެ ތަރައްގީގެ ވަައުދުތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އާރްޑީސީން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.