އައިޖީއެމްއެޗް
ހަބަރު
05 Apr 2026 | 12:33
‏ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޯޕީޑީ މާދަމާ ބަންދުވާނެ

ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޯޕީޑީ މާދަމާ ބަންދުވާނެ ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާ 5 އަދި 6 އެޕްރީލްގެ ތެރެއިން، 6 އެޕްރީލް ވާ ހޯމަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.

ނަމަވެސް މި ދެ ދުވަހުވެސް އައިޕީޑީ އާއި އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ބުންޏެވެ.

އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމަވާފައެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުން ބުނީ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ. 

އަދި އެ ދެދުވަސް ބަންދު ކުރީ، އިންތިޚާބަށް ފަހުގައިވެސް، އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އެ ދެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.