އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.. ފޮޓޯ: ޔޫއާރުއެޗް
ހަބަރު
06 Apr 2026 | 18:24
ވޮރަންޓީނެތި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަގުބޮޑެތި މެޝިނަރީ ގަތް މައްސަލަތަކެއް

ވޮރަންޓީ ނެތި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އަގުބޮޑެތި މެޝިނަރީތަކެއް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ދައުލަތުގެ އޮޑިޓް އޮފީހުން ނެރުނު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮޑިޓް ރިޕޯޓްގައެވެ. ދައުލަތުގެ މާލިއްޔަތު ޤަވައިދު ބުނާގޮތުން މެޝިނަތީ އާއި އިކުއިޕްމެންޓް ފަދަ އަގުބޮޑު ތަކެތި ހޯދަން ވާނީ، ވޮރަންޓީ ނުވަތަ ގެރެންޓީދޭ އެބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ފަރާތަކުންނެވެ. ނުވަތަ އެބާވަތުގެ މުދާ އާއްމުކޮށް ވިއްކާ ހަދާތަނަކުންނެވެ. 

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ އެ ހޮސްޕިޓަލުން 2022 އަދި 2023 ވަނަ އަހަރު ގަނެފައިވާ ބައެއް އަގުބޮޑެތި ހަރުމުދަލުގެ ވޮރަންޓީ ނެތްކަން ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލަށް ގަނެފައިވާ އީސީޖީ ސިމިއުލޭޓަރ، ޑިޖިތަލް އެކްސްރޭ މެޝިން، ލެޕްރަސްކޯޕި މެޝިން އަދި ކާޑިއެކް ސާވިސް ފެށުމަށް ބޭނުންވާ އިކުއިޕްމެންޓްސް ހިމެނެއެވެ.

މައުލޫމާތު: ދައުލަތުގެ އޮޑިޓް އޮފީސް

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވޮރަންޓީ ނެތި ގަތް އެއްޗެހީގެ އަގު 3 މިލިއަން ރުފިޔާއަށްވުރެ އިތުރެވެ.

އޮޑިޓް އޮފީހުން ވަނީ އެފަދަ ބާވަތްތަކުގެ މުދާ ގަންނައިރު ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.