އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ). ފޮޓޯ: އެމްޑީޕީ
ހަބަރު
08 Apr 2026 | 14:33
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

59 އަށްވުރެ ގިނަ ގައުމީ މަޖިލިސް މެންބަރުން ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ⁦‪ޢަބްދުލްޣަފޫރު މޫސާ‬⁩ (ގަޕޯ) ވަކި ކުރަން ހުށައަޅައިފިއެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމު، އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ. 

އަދި ޕާޓީއާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި، ޕާޓީއަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ބުންޏެވެ. 

މައްސަލާގައި މިހެން ބުނެފައިވާއިރު، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އާއި ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަން ފުރުސަތު ނުދެއްވުމުން ގިނަ މެންބަރުންތަކެއް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

އެހެންނަމަވެސް، ފެންނަމުންދާ މަންޒަރަކީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ޗެއަރޕަރސަން ނިންމަންޖެހޭ ނިންމުންތައް ނިންމެވުމުގައި، އެހެން ފަރާތަކުން އަންގަވާހައި ގޮތަކަށް ނިންމުންތައް ނިންމަވަމުން ގެންދާ މަންޒަރެވެ. އަދި ވަކީން ޚާއްޞަކޮށް ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރަން ފަށާފައިވާތަނެވެ. 

ގަޕޯ ވަކިކުރަން ހުށަހެޅި އަނެއް ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕާޓީގެ ޗެއަރޕަރސަންގެ ނާއިބު، އިބްރާހިމް ވަހީދު، އެ މަގާމުން ވަކިކުރުމާ، ޕާޓީގެ ލީގަލް ޑިރެކްޓަރ، އަޙްމަދު މައުރޫފު ވަނީ، އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރުމެވެ. 

އަދި އޭނާ ވަނީ ޕާޓީއާއި މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރަން ނުކުޅެދިފައިކަން ފާަހަގަކޮށް ޕާޓީގެ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށް، މިވަގުތު އެންމެ ރަނގަޅު ގޮތަކީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމުން، ޢަބްދުލްޣަފޫރު މޫސާ ދުރަށް ޖެހިވަޑައިގެންނެވުން ކަމަށް މައްސލާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.