މައްސަލާގައި ދައުވާ ލިބޭ ފަރާތްތައް
ހަބަރު
09 Apr 2026 | 07:38
ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލައިފި

ތ. ތިމަރަފުށީގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމަޢަތްތަކަކަށް ތާޢީދުކޮށް ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 8 މީހުންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައޮފިއެވެ. 

މި މައްސަލާގައި 2021 ވަނަ އަހަރު ހައްޔަރި ކުރުވުނު މީހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ.

އެގޮތުން، ޓެރެރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކަކީ ސަބަބުވެރި ޢަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުސާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އައި.ޑީ) އެއް ތައްޔާރުކުރުމަށްފަހު ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި ގޮއްވާލައި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރުވަމުންދިއުން ހިމެނެއެވެ.

އަދި، ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީންތައް ހަދަމުންދިޔުމާއި ތ.ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއްގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބޭއްވުންވެސް ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުންއޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ މީހުންގެ މައްޗަށް ތުޙުމަތު ކުރެވުނެވެ.

މައްސަލާގައި ދަޢުވާލިބޭ މީހުން:

1. ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު

2. ތ. ތިމަރަފުށި، އަސުރުމާގެ މުޙައްމަދު އާޞިރު

3. ތ. ތިމަރަފުށި، ފެހިވިދުވަރުގެ ޢަބްދުالله ޝަރީފް

4. ތ. ތިމަރަފުށި، އަސްރަފީވިލާ އަޙްސަން މުޙައްމަދު

5. ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުالله ޢިމާދު

6. ތ. ތިމަރަފުށި، ސައިމާ ޝަމާޚު ޝަރީފް

7. ނ. ކުޑަފަރި، ރޯޒްމީޑު ޢިބްރާހިމް ލޫޠު

8. ރ. ކަނދޮޅުދޫ، ޢަލީ އަރުހަމް މުޙައްމަދު

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް:

- ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުން

- ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން

- ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން

- ހަނގުރާމައަށް ދާން އުޅުން

- ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން

- ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން

މި ދަޢުވާތައް ކޯޓަށް ހުށަހެޅީ 2021 ވަނައަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަޖުއެވެ. 

މި މައްސަލައިގެ ޝަރީޢަތުގެ އެންމެހައި އަޑުއެހުންތައް އިއްޔެގެ ނިޔަލަށް ވަނީ ނިމިފައެވެ. އިއްޔެގެ އަޑުއެހުމުގައި ދެފަރާތުން ޚުލާޞާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެއެވެ.

ދެން އޮންނާނީ މި މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމެވެ. ޖިނާއީ އިޖުރާއަތު ޤާނޫނު ބުނާގޮތުން ޚުލާޞާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީޚުން ފެށިގެން 30 ދުވަސް ތެރޭގައި މައްސަލާގައި ޙުކުމްކުރަންޖެހޭނެއެވެ. އެހެންކަމުން 8 މޭގެ ކުރިން މި މައްސަލާގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.