ފަހި ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް، ހިތާމަވެރި ކަމެއް ދިމާވުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭ

ކުނިތަކުގައި ގަދައަށް ރޯވެފައި

ފަހި ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ‏ހުޅުމާލޭ ފޭސް 2ގެ ދޯދި ފުލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 02:21 ހާއިރު ކަމަށް ވެސް ބުންޏެވެ.

ކުނިތަކުގައި ގަދައަށް ރޯވެފައި 

ރޯވީ އެ ސަރަހައްދުގައި ހުރި ބޮޑު ކުނިފުންޏެކެވެ. މިއީ ފްލެޓްތަކަށް ބަދަލުވީ މީހުން އެ ސަރަހައްދަށް ޖަމާކުރި ކުނި ކަމަށް ބެލެވެ އެވެ. ކުނިތަކުގައި ރޯވެ ބޮޑު އަލިފާންގަނޑެއް އުފެދުނެވެ.

ކުނިތަކުގައި ގަދައަށް ރޯވެފައި 

ފްލެޓްތަކުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅޭއިރު މިފަދަ ހާދިސާއެއްފައި ހިތާމަވެރި ކަމެއް ދިމާވުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުނިތަކުގައި ގަދައަށް ރޯވެފައި 

ކުނިފުނީގައި ރޯވީ ކީއްވެ ކަމެެއް ސާފެއް ނުވެ އެވެ.

ކޮމެންޓް