ފަރުހަތު
ހަބަރު
12 Apr 2026 | 11:41
މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފި

މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯ ފަރުހަތު ޝަހީރު، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވޮއިސް އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ. 

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެ ކުންފުނިން އެކަންކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަސްދަޅުގެ އަގު ބޮޑު ކުރުމަށްފަހު އެ ދުވަހު މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް އަގު ކުރީގެ އަގަށް އިއާދަކޮށްފައެވެ. 

މިފްކޯގެ ފަރުހަތު ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އޭނާއާ މަގާމު ހަވާލު ކުރެވުނީ އޭގެ ކުރިން އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޑރ. ވިޓަލީ ލިއުބިމޯވް ކިޔާ ބޭރުގެ ބޭފުޅާ މަގާމުން ވަކިކުރުމަށްފަހުގައެވެ. 

މިފަހުން ސަރުކާރު ކުންފުނިތަކުގެ އިސްމަގާމު ތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް މަގާމުން ވަކިކުމާއި އިސްތިއުފާ ދިނުމުގެ ކަންކަން ވަނީ ހިނގާފައެވެ. 

އެގޮތުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އާރިފްއާއި، މެނޭޖިންގ ޑިރެކްޓަރ، ނަޖާހު ހިމެނޭހެން 6 މީހަކު މަގާމުން ވަކިކޮށްފައިވެއެވެ. އަދި އެމް.ޕީ.އެލް ގެ ސީއީއޯ، ރިޝްވާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.