ވަޒީރު މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
15 Apr 2026 | 10:16
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މެއި މަހު ނިމޭނެ؛ އެއާއެކު ގޯތި ހަވާލުކުރަން ފެށޭނެ: މުއްޠަލިބު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މެއި މަހު ނިންމާލެވޭނެ ކަމަށާ މަސައްކަތް ނިމުމާއެކު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ގިރާވަރުފަޅުން ހިއްކަން ނިންމާފައިވަނީ ޖުމުލަ 169 ހެކަޓަރުގެ ބިން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް 54 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތް ލަސްވަމުންދާތީ މި ސަރުކާރުން ގިރާވަރުފަޅު ހިއްކުންވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމާއެކު ޖަނަވަރީ 31 ގައި އެތަން ހިއްކުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެކުންފުނިން ހިއްކުމަށް ހަޖެހިފައިވަނީ 97 ހެކްޓަރެވެ.

ވަޒީރު މިއަދު ވިދާޅުވީ، މިމަހު ނުވަވަނަ ދުވަހުގެ ނިޔަލަށް އެމްއޭސީއެލުން 44 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާ އެއާއެކު މިހާރު ޖުމުލަ 98 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. 

”ބާކީ ހުރިބައި ހިއްކާ ނިމޭނެ ކަމަށް ލަފާކުރެވެނީ 31 މެއި 2026 އަށް.“ ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ، ގާނޫނާ ގަވާއިދުތަށް އޮންނަ ގޮތުން ނުހިއްކާ އޮތް ތަނަކުން ގޯތީގެ ރެޖިސްޓްރީ ނުދެވޭނެ ކަމަށާ އެހެން ކަމުން ގިފާވަރުފަޅު ހިއްކާ ނިންމައި، ސާވޭ ކުރުމަށްފަހު ރެޖިސްޓާ ހަވާލުކުރެވޭނެ ކަމަށެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ގިރާވަރުފަޅުން 5000 އަށްވުރެ ގިނަ ގޯތި ދޫކުރާގޮތަށް ކުރިން އޮތް ނަމަވެސް އެތަނުގެ ލޭންޑްޔޫސް ޕްލޭނަަށް އައި ބަދަލާއެކު އެތަނުން ބައެއް ގޯތި ގުޅިފަޅަށް ބަދަލުކިރެވިފައިވާ ކަމަށެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މަޑު ޖެހުފައި އޮތުމަށްފަހު އެ މަސައްކަތް ފަށާފައިވަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހުއެވެ. 

މި ބިޔަ މަޝްރޫޢު ކުރިއަށް ގެންދަނީ ރާއްޖެއަށް ގެނެސްފައިވާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 'އޮރަންޖީ' ޑްރެޖަރު ބޭނުންކޮށްގެންނެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ.

ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ޖުމްލަ 4,072 ގޯއްޗެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1,250 އަކަފޫޓުގެ 2,605 ޕްލޮޓް

1,650 އަކަފޫޓުގެ 1,213 ޕްލޮޓް

2,050 އަކަފޫޓުގެ 253 ޕްލޮޓް

2,450 އަކަފޫޓުގެ 1 ޕްލޮޓް

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.