11 Jul 2019 | 11:09
ޔުނައިޓެޑުގެ ކުޅުންތެރިން ވިއްކަން މަޖުބޫރެއް ނުކުރެވޭނެ: ކޯޗް

މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ވިއްކަން މަޖުބޫރު ނުކުރުވޭނެ ކަމަށައި ކުޅުންތެރިންގެ މާކެޓް ވެލިއުއަށްވުރެ އިތުރަށް ޔުނައިޓެޑުން ފައިސާ ހަރަދުކުރަން މަޖުބޫރު ނުކުރެވޭނެކަމަށް އެ ކްލަބުގެ ކޯޗް ޝޯލްޝާ ބުނެފިއެވެ. ޝޯލްޝާ މިހެން ބުނެފައިވަނީ ޕްރީ ސީޒަން ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނައި މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ކުޅުންތެރިންނަށް ހަރަދު ކުރަން ޖެހޭނީ އެދެވޭ ރަނގަޅު އަގުތަކެއް ކަމަށް ކަމަށައި އެގޮތުން ޔުނައިޓެޑުގެ ސްކޮޑަށް ބެލާލިއަސް، ގިނަ އަދަދެއްގެ މޮޅު ކުޅުންތެރިންތަކެއް ތިބިކަމަށް އޭނާ ބުންޏެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގާތަށް ގޮސްފައިވާ ކީޕަރު ޑިގެއާ އަދި ކްލަބައި ދެމެދު އައު އެއްބަސްވުމަކަށް އައުމަށް ވާހަކަތައް ދެކެވެމުންދާ ކަމަށައި ވާހަކަތައް ކުރިއަށް ދަނީ ވަރަށް 'ޕޮޒިޓިވް' ކޮށް ކަމަށްވެސް ޝޯލްޝާވަނީ ހާމަކޮށްފައެވެ.

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް ފެތުރިފައިވާ ފްރާންސްއަށް ނިސްބަތްވާ އެ ކްލަބުގެ ސްޓާ މިޑްފީލްޑަރ ޕޯލް ޕޮގްބާއަށް އިޝާރާތް ކުރަމުން ޝޯލްޝާ ބުނީ އެއްވެސް ކުޅުންތެރިޔަކު ގަތުމަށް ހުށަހެޅުމެއް ލިބިފައިނުވާ ކަމުގައެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު އެންޑާ ހެރޭރާ، އެންޓޯނިއޯ ވެލެންސިއާ، އަދި ޖޭމްސް ވިލްސަން އެ ކްލަބުން ވަނީ ފްރީ އޭޖެންޓުންގެ ގޮތުގައި ދޫކޮށްލާފައެވެ. ކުރިއަށް އޮތް އައު ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި މިހާތަނަށް އެ ކްލަބަށް ގެންދެވިފައިވަނީ ސްވޯންސީއަށް ކުޅުނު ޑެނިއެލް ޖޭމްސް އަދި ކްރިސްޓަލް ޕެލަސްގެ ވެން ބިސާކާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.