މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Apr 2026 | 18:23
ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އަދިވެސް އަޅާނަން: ޒަމީރު

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަދިވެސް އަޅަމުންދާނޭކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ މަޝްރަހު މިވަގުތު ހުރިގޮތަށް ބަލައި ދައުލަތުގެ ހަރަދުތައް އިސްލާހްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަމުން ގެންދާކަމަށެވެ. އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ދައުލަތަށް ލިބޭ އާމްދަނީއަށް ކުރާ އަސަރާއި، ބޭރު ފައިސާ ބޭރުވާ މިންވަރު އިތުރުވުމާ ގުޅިގެން، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް ކުޑަކުރުމަށްޓަކައި ހަރަދުކުޑަކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ހަރަދުތައް އިސްލާހް ކުރެވޭނެ ގޮތްތައް ބަލައި ބައެއް ހަރަދުތައް ކުޑަކުރުމަށް މިހާރުވެސް ދިރާސާ ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އާމްދަނީ މަދުވުމާއި، ރިކަރަންޓް ޚަރަދު އިތުރުވުމާއި، ރިޒާވުން ފައިސާ ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން އުފެދިފައިވާ ފަރަގު ކުޑަކުރުމަށްޓަކައި ޚަރަދުތައް އެކަށޭނަ މިންވަރެއްގައި ބެހެއްޓުން މުހިންމުކަމަށް މާލީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މިކަމަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، ބަޖެޓު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރެވެމުން ދާކަމަށެވެ. 

އެގޮތުން މާލީ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާއިން ކުރާ ޚަރަދުތަކާއި ބޭރު ފައިސާ ބޭރުވާ މިންވަރު މެނޭޖުކުރުމުގެ ސިޔާސަތުތައްވެސް މުރާޖަޢާ ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ފިނޭންސުން މިހާރު ލަފާކުރާގޮތުގައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއެކު، މިހިނގާ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ ތެލުގެ ސަބްސިޑީއަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ފިނޭންސުން ބުނީ މި ހާލަތާ ގުޅިގެން ހުށަހެޅިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ދައުލަތުގެ ކޭޝް ފްލޯއާއި، ބަޖެޓާއި އަދި ރިޒާވަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ