ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު
20 Apr 2026 | 11:55
ތިލަމާލެ ބްރިޖު މަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފިން: ރައީސް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، އެ މަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަޝްރޫޢުގެ ސްޕީޑާއި މެދު އެމަނިކުފާނު އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ ކަމަށެވެ.

ހަގީގަތުގަ ވަރަށް ލަސް ދާލެއް. އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއްވިއްޔާ ކޮށްދޭން. ދެން މި ދޭތެރެއިން މުއްދަތު އިތުރުކޮށްދޭންވެސް ވަރަށް ބޮޑައް އެދިގެން އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބަލާފަ އަނެއްކާވެސް އިތުރަށް މުއްދަތުވެސް ދީފިން އިނގޭތޯ.

ބްރިޖުގެ މަސައްކަތް ލަސްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބްރިޖުގެ ދުވެއްޔާމެދު ހިތްހަމަޖެހޭ އެއްވެސް ރައްޔިތަކު ހުންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

މި މަޝްރޫޢު ނިންމުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ކުރިން މި މަޝްރޫޢު ނިންމަން އޮތީ މިއަހަރަށް ކަމަށެވެ. 

މިހާރު ދީފަ ހުރި ޑޭޓް އެބަ ދޭ 2027 އަށް. ކުރިން އޮތީ 2026، މި އަަހަރު.

ރައީސް ވިދާޅުވިއެވެ.

އަދި މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެއްވި ތާރީޚާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެ ބައި ހިމަނުއްވާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މަސައްކަތް ލަސްވި ނަމަވެސް، މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށާއި، މަޝްރޫޢު ނިމުމުން އެކަމުގެ އުފާވެރިކަން ލިބޭނެ ކަމަށް ރައީސް ނިންމާލުމުން ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު އަކީ، އިންޑިއާގެ ކުންފުންޔެއް ކަމަށްވާ "އެފްކޮންސް އިންފްރަސްޓްރަކްޗަރ ލިމިޓެޑް" އާއި ހަވާލުކޮށްގެން 2022 ވަނަ އަހަރު ކުރީ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމެން ފުރަތަމަ ތާވަލުކޮށްފާ އޮތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހަށެވެ. ނަމަވެސް، އެ ތާރީހު މިހާރު ވަނީ އަނެއްކާވެސް 2027 ވަނަ އަހަރަށް ފަސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ