ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ހަބަރު
20 Apr 2026 | 14:00
އެސްއޯއީތަކުން ވަކިވާ މުވައްޒަފުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކޮށްދެނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިވާ މުއައްޒަފުންނަށް އާމްދަނީ ހޯދައިދިނުމަށް ގޮތްތަކެއް ހަމަޖެއްސުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން އެސްއޯއީތަކުގައި ވަޒީފާ އަދާކުރަމުން އަންނަ ވަކި އިންސައްތައެއް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ސަރުކާރު ކުންފުނިތަކުން ވަކިވާ މުއައްޒަފުންނަށް އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ލުއިލޯނު ދޫކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލީ ވަޒީރު ވަނީ އިޤްތިސޯދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޭދޭނެ އިތުރު ގޮތްތައް ފަހިކޮށްދީ އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250މިލިއަން ރިލީޒްކުރެވިދާނެ، އެގޮތުން މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ދަނީ މަޝަވަރާކުރަމުން

މާލީ ވަޒީރު، މޫސާ ޒަމީރު

މިނިސްޓަރު ވިދާޅުވީ، ކުރިމަތިވެފައިވާ މި ހާލަތާއެކުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕޮލިސީއަކީ އިގްތިސާދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް އިންތިޒާމުތައް ކުރިއަށްގެންދިއުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައިވެސް އިތުރަށް 450 މިލިއަނެއްހާ ރުފިޔާ ހަމަޖެހިގެން ދާނޭކަމަށާއި، އެ ފައިސާ އެސް.އެމް.އީގެ ގޮތުގައި އިކޮނޮމީގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ކުންފުނިތަކުުގެ ހަރަދު ކުޑަކުރަން ވަޒީފާތައް މަދުކުރަމުންދާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް އާއި ލޯނު ދޫކޮށްގެން ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްޙޫރިއްޔާ އިސްކަންދެއްވާ ކަމެއް ކަަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ