ހާދިސާ ދިމާވި ސަރަހައްދު؛ ފޮޓޯ / ޖޭ.އެމް.އޭ
ދުނިޔެ
20 Apr 2026 | 14:56
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި

ޖަޕާނުގެ އުތުރު ސަރަހައްދަށް މިއަދު އައި ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީ އަރާފާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ނެރެފިއެވެ.

ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުމާ ގުޅިގެން ކޯސްޓަލް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ސަމާލުވާން އަންގާފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އިވާޓޭ ޕްރިފެކްޗާ އަދި ހޮކައިޑޯގެ ބައެއް ސަރަހައްދުތަކަށް 3 މީޓަރުގެ އުސްމިނުގެ ރާޅު އެރުން އެކަށީގެންވެއެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުސް ބިންތަކަށް ބަދަލުވުމަށް އޮފިޝަލުން ވަނީ އިރުޝާދު ދެއްވާފައެވެ. މި ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބަލައި، ހާލަތު މޮނިޓަރު ކުރުމަށް ކަމާބެހޭ އިމަޖެންސީ ޚިދުމަތްތައް މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

ޖަޕާނުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ, ސުނާމީގެ ރާޅުތައް މިހާރުވެސް އައްސޭރިފަށާ ގާތްވަމުންދާ ކަމަށާއި، މި ރާޅުތައް  އެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން، ވީހާވެސް އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށާއި، ސުނާމީއާ ގުޅިގެން ދީފައިވާ އިންޒާރު އުވާލަންދެން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ލަފާކުރި ވަގުތަށްވުރެ އަވަހަށް ނުވަތަ ލަހުންވެސް ރާޅު އަރާފާނެ ކަމަށާއި، އުސްމިންވެސް ލަފާކުރި ވަރަށްވުރެ ބޮޑުވެދާނެ ކަމަށް ވަނީ އިންޒާރުދީފައެވެ.

އައްސޭރިފަށުގެ ސަރަހައްދުތަކާއި ކޯރުތަކުގެ ކައިރީގައި އުޅޭ ފަރާތްތަކުން އެ ތަންތަނާ ދުރުގައި ތިބުމަށް ވަނީ އިރުޝާދު ދީފައެވެ. އެއީ ކޯރުތައް ފުރިގެން ބޭރުވުމުގެ ފުރުސަތު އޮތުމުންނެވެ. ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ. އެ ގައުމު އޮންނަނީ ޕެސިފިކް "ރިންގް އޮފް ފަޔަރ" ގެ ހުޅަނގު ބިތުގައި، ހަތަރު ބޮޑު ޓެކްޓޯނިކް ޕްލޭޓެއްގެ މަތީގައެވެ.

ގާތްގަނޑަކަށް 125 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނަށް އަހަރަކު އެވްރެޖްކޮށް 1,500 އެއްހާ ބިންހެލުން އާދެއެވެ. މިއީ ދުނިޔޭގައި އަންނަ ބިންހެލުންތަކުގެ ގާތްގަނޑަކަށް 18 އިންސައްތައެވެ. މި ބާރުގަދަ ބިންހެލުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.