ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލައެއް ކައުންސިލް މެންބަރަކު ފެންމަތިކޮށްފި

11 Jul 2019 | 16:08

މާލޭ ސިޓީ ކައުންސިލްެ ކޮރަޕްޝަންގެ މައްސަލައެއް އެ ކައުންސިލްގެ މެންބަރަކު އޭސީސީއަށް ހުށައަޅައިފިއެވެ.

ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ.

ފަޒީން ހުށައެޅުއްްވި މައްސަލައިގެ ތަފްސީލްގައިވަނީ ސިޓީ ކައުންސިލުން މާލޭ ސަރަހައްދުގައި ނައިޓް މާކެޓް، ފެއާ އަދި މަގުމަތީ ބާޒާރުތައް ބޭއްވުމަށް ދުވަސްތައް ކަނޑައެޅުމާއި އެފަދަ ހަރަކާތްތައް ބޭއްވުމަށް ހުއްދަ ދިނުމުގައި ކައުންސިލްގެ ގަވާއިދާއި އުސޫލުތަކަށް ތަބާވަމުން ނުދާކަމަށެވެ.

އެގޮތުން އެފަދަ ނިންމުންތައް ނިންމާފައިވަނީ ކައުންސިލްގެ މެޖޯރިޓީގެ ރުހުން ނެތިކަމަށް ފަޒީން ވަނީ ތުހުމަތުކުރައްވާފައެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވާގޮތުގައި އަހަރަކު 12 ފަހަރު ނައިޓް މާކެޓު ބޭއްވުމަށް އެ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި އަޟްހާ އީދު ދުވަސް، ފިތުރު ޢީދު ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާއަހަރު ފެށޭ ދުވަސް، ު އާއަހަރު ފެށޭ ދުވަސް އަދި މަސައްކަތްތެރިންގެ ދުވަހުގެ އިތުރުން ނަސްރުގެ ދުވަހާއި ޝަޢުބާން މަސް ހިމެނެ އެވެ.

Advertisement

ކޮމެންޓް