ޖަލްސާ ބާއްވަން އުމަަރަށް ކާނިވާ ސަރަހައްދު ދީފި

11 Jul 2019 | 16:08

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޣީ ލުތުފީ) ރާއްޖެ ގެނައުމަށް ރައްޔިތުން ކުރި މަސައްކަތުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ބާއްވާ ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ހުއްދަ ދީފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ޖަލްސާ ބޭއްވުމަށެވެ. އަދި މިރޭ ޖަލްސާ ބޭއްވުމަށް ހުއްދަ ނުދިނީ މިރޭ ކާނިވާ ސްޓޭޖު ބަޔަކަށް ދީފައިވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އުމަރު ނަސީރު އިސްވެ ހުންނަވައިގެން މިމަހުގެ 18 ވަނަ ދުވަހުގެރޭ ޖަލްސާ ބާއްވަން ނިންމީ، 19 ދިވެހިން ޝަހީދުކޮށްލި ނޮވެންބަރު ތިނެއްގެ ބާޣީ ލުތުފީ ލަންކާގައި ހުރި ދިވެހި އެމްބަސީއަށް ދިއުމުން އޭނާ އަނބުރާ ރާއްޖެ ގެނެސް ޖަލަށް ގެންދިއުމުގެ އުފަލުގައެވެ.

ލުތުފީ ރާއްޖެ ގެނެސް މިހާރު ވަނީ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންގޮސްފައެވެ. 19 ދިވެހިން ޝަހީދުކޮށްލި އެމައްސަލައިގައި ލުތުފީގެ މައްޗަށް ކުރީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

Advertisement

ކޮމެންޓް