ވަޒީރު ޢަލީ އިހްސާން : ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Apr 2026 | 12:11
މަސްތުވާތަކެތީގެ މައްސަލާގައި އައްޑޫއިން ހައްޔަރުކުރި މީހުން ދޫކޮށްލީ އިންތިޚާބެއް އޮތީމައެއް ނޫން: އިހްސާން

މަސްތުވާތަކެތީގެ މައްސަލާގައި އައްޑޫއިން ހައްޔަރުކުރި 6 މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ޤަވާއިދުގެ ތެރެއިން ކަމަށާ އައި އިންތިޚާބަކާ ގުޅުވައި ކުރި ކަމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އައްޑޫގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ހައްޔަރުކުރުމަށްފަހު ޕީޖީން އެދިގެން ދޫކޮށްލީ ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށްބުނެ ވާހަކަތައް ވަނީ އޭރު ފަތުރާފައެވެ. 

އެކަމާގުޅިގެން މިއަދުގެ ނުސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ މީހަކު ފުލުހުންގެ ބަންދަށް ނަގައި މައްސަލައެއް ޕީޖީ އޮފީހާ ހަމައަށް ދަނީ ވަކި ޓައިމްލައިން އެއްގެ ތެރެއިން ކަމަށެވެ. 

އެ ޓައިމްލައިންއަށް ބަލާލީމާ އެނގޭނެ އިންތިޚާބާ ގުޅުންހުރި ޑިޒިޝަނެެއް ނޫންކަން އެދުވަހު އެ ނެގިގެން ދިޔައީ. އެއީ ޕީޖީ ދައުވާ އުފުލާނީތޯ އަދި ވަކިން ޚާއްސަކޮށް ދައުވާ އުފުލާއިރު ބަންދާމެދު ގޮތެއް ނިންމަނީތޯ ނިންމަން އޮތް ދުވަސް އެ ހިސާބުން އެ ޖެހެނީ. އެހެންވީމާ އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ކަން ކުރަން އޮންނަ އުސޫލު. 

ވަޒީރު އިހްސާން

ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ އެ މައްސަލާގައި މިހާތަނަށް ވަރަށް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ފުލުހުންނަށް ލަފާ ދިނީ މައްސލަައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށާ، އެހެން ކަމުން އެކަން ކުރުމަށްފަހު އަލުން އެ މައްސަލަ ޕީޖީއަށް ހުށަހެޅޭ ހިސާބުން ހުށަހަޅާން ފުލުހުންނަށް އަންގާވާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. 

” ބަންދުގައި މީހާ އެވަގުތަށް ނުބެހެއްޓޭތީ ބަންދުން ދޫކޮށްލާފައި އެވަނީ. ކުރިންވެސް ދެންނެވުނުހެން ޝަރީއަތެއްގައި  ނުވަތަ ތަހުގީގަކަށް މީހަކު ހަެއޔަރުކުރާ ހިސާބުން ބަންދުގެ މުއްދަތެއް އެބަ އެކްޓިވޭޓްވޭ. އެ މުއްދަތު ބަދަލުވާނީ ޕްރޮސިކިޔުޓަރު ކޯޓަށް ގޮއްސަ އެހިސާބުން ޕްރޮސިކިޔުޓް ކުރީމާ.  ދެން ކޯޓުން އެ މުއްދަތު ދީފި ނަމަ.“

ވަޒީރު އިހްސާން

ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އިންތިޚާބުތައް ގިނަ ގައުމެއް ކަމަށާ، އެމީހުން ދޫކޮށްލަންޖެހޭ ޓައިމްލައިންއާ އިންތިޚާބު އޮންނަ ދުވަސްވަރާ ދިމާވުމަކީ ދިމާވި ކަމެއް ކަމަށާ އެއީ އިންތިޚާބާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

މަސްތުވާތަކެތީގެ އެ މައްސަލާގައި ހައްޔަރު ކުރީ، ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް، 30، ސ. ހިތަދޫ ފަލާހް، ހާފިޒު ފައުޒީ، 31، އާއި ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43 އާއި ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23، އަދި ދ. ހުޅުދެލި، އަންބަރީގެ، ޒަހްނާ އަހްމަދު އެވެ.

ޕީޖީން ކުރިން ބުނީ އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ ހަ މީހުން ދޫކޮށްލީ މައްސަލައިގައި ތަހުގީގު ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ނެތުމުން ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވޭ،" ޕީޖީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.