މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް މުޙައްމަދު ސަޢީދު: ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ.
ހަބަރު
24 Apr 2026 | 15:48
ޓެކްސީ ނަފާ ލޯނު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދައިދޭނަން: ސަޢީދު

"ޓެކްސީ ނަފާ" ލޯނު ސްކީމްގެ ދަށުން ކާރު ލިބި، ރަޖިސްޓްރީ ނުކުރެވިގެން ދިމާވެފައިވާ މައްސަލަތަކަށް އިންސާފުވެރި އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ސިޓީއަކާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ޙައްލުތައް ހޯދުމަކީ އޭނާގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލައިދިނުމަށް ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީސްމީޑިއާގައި ޢާއްމުކުރި އެ ސިޓީގައި ބުނެފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްވަމުންދާއިރު، ލޯނު ދޫކުރި ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމަށެވެ. ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެއްވެސް އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމަކީ ބޮޑު ތަކުލީފެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ ފަރާތުން ވަނީ ވަޒީރަށް ހަތަރު ކަމަކަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރެޓޯރިއަމް)، ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކުރުމާއި، މި ލަސްވުމަކީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލެއް ނޫންކަން ކަށަވަރުކޮށްދިނުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ޙައްލެއް ހޯދައިދިނުން ހިމެނެއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޓެކްސީ ނަފާ ލޯނު ސްކީމަކީ މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތް ފުޅާކޮށް، އާންމު ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަޢާރަފުކުރި ސްކީމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.