ހަބަރު
13 Apr 2026 | 17:01
އެމްއެންޔޫ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަށް އައި.އެސް.އޯ 9001:2015 ސެޓްފިކެޓް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް (ސީ.އެމް.އެސް) އިން ބައިނަލްއަގުވާމީ ފެންވަރުގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައި.އެސް.އޯ 9001:2015 ރީ-ސެޓިފިކޭޝަން ކާމިޔާބީއާއެކު ހާސިލުކޮށްފިކަން އެ ޔުނިވަރސިޓީން ބުނެފިއެވެ.

ބިއުރޯ ވެރިޓާސް (ބީ.ވީ) މެދުވެރިކޮށް މި ސެޓްފިކެޓް ހާސިލުކުރުމަށްޓަކައި، ސީ.އެމް.އެސް އިން ވަނީ ނޮވެމްބަރު 2025 ގައި ކުރިއަށްދިޔަ ފުރިހަމަ އޮޑިޓަކާ ކުރިމަތިލާފައެވެ. މި އޮޑިޓުން ފާހަގަވި ކަންކަން އިސްލާހުކޮށް، މިންގަނޑުތަކަށް ފެތުމާ ގުޅިގެން ދޫކުރި މި ސެޓްފިކެޓް 28 ނޮވެމްބަރު 2028 ގެ ނިޔަލަށް ދެމިއޮންނާނެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ކުރިއަށްދާ ސަވައިލެންސް އޮޑިޓްތަކުން ފާސްވާން ޖެހޭނެއެވެ.

މި ކާމިޔާބީއަކީ ތައުލީމާއި ތަމްރީނު ދިނުމުގައާއި، މުއައްސަސާގެ ހިންގުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެމް.އެން.ޔޫ އިން ބަހައްޓާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، މިއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނާއި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ އެސް.ޓީ.ސީ.ޑަބްލިޔު ކޮންވެންޝަންގެ ގަވާއިދުތަކަށް ސީ.އެމް.އެސް އިން ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކޮށްދޭ ހެކިލިބިގެންދިޔަ ކަމެކެވެ.

މި އުފާވެރި މުނާސަބަތުގައި، އެމް.އެން.ޔޫ އިން ވަނީ ސީ.އެމް.އެސްގެ މުޅި ޓީމުން ދެއްކެވި ހިތްވަރަށާއި، މަސައްކަތަށް ސާބަސް ދީފައެވެ. އަދި ޔުނިވަރސިޓީގެ ލީޑަރޝިޕް، ވަކިން ހާއްސަކޮށް ވައިސް ޗާންސެލަރާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ކޮލިޓީ އެޝުއަރެންސް (ކިއު.އޭ) ކޮންޓްރޯލަރ ދެއްވި އިރުޝާދާއި އެހީތެރިކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި އޮޑިޓް ކާމިޔާބުކުރުމުގައި އެމް.އެން.ޔޫގެ ކިއު.އޭ ސިސްޓަމްތަކާއި މަރުހަލާތަކުން ލިބުނު ފަންނީ އެހީތެރިކަން ވެސް ޔުނިވަރސިޓީން ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ. މި ސެޓްފިކެޓާއެކު ސީ.އެމް.އެސް ވެގެން ގޮސްފައިވަނީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މެރިޓައިމް ތަމްރީނުދޭ މަރުކަޒަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.