އެހީގެ ތަކެތި ރާއްޖެއާ ހަވާލުކުރުން- ފޮޓޯ/ އެމްޑީއެމްއޭ
ހަބަރު
26 Apr 2026 | 14:18
ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ 66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން، ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ގާތްގަނޑަކަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީ.އެމް.އޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނެވެ.

މި މަޝްރޫޢަކީ 2024 މާރިޗު 24 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ ދަށުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި އަލިފާން ނިއްވާ 40 ޕަންޕާއި، 40 ފެންހިންދާ ޕަންޕް އަދި އެއާ ގުޅޭ އިތުރު އާލާތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، މިއަދު ލިބުނު އިކުއިޕްމަންޓްތަކުގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންގޮސް މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވައި، ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޖަޕާނު ސަފީރު އިޝިގާމީ ރޫމީކޯ ދެއްކެވި ވާހަކާގައި، މި ތަކެތީގެ ސަބަބުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ރަށްތަކަށް ކާރިސާތަކަށް އިޖާބަދިނުމުގެ ވަސީލަތްތައް ލިބިގެންދާނެކަން ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރަށްތަކުގެ ވިލުންތެރިކަން އިތުރުކޮށް ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ކާރިސާއެއް ކުރިމަތިވުމުގެ މާ ކުރިން ރޭވުންތެރިކަމާއެކު ތައްޔާރުވުމަކީ ޖަޕާނުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޖަޕާނަކީ ރާއްޖޭގެ ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާގައި ވަރަށް ގާތް އެކުވެރިއެކެވެ. އެގޮތުން 2015 އަދި 2017 ވަނަ އަހަރުވެސް އެން.ޑީ.އެމް.އޭ ބިނާކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ހޯދުމަށް 89,900 ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ޖަޕާނުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.