މަޖިލީހުހެ މިއަދުގެ ޖަލްސާގައި ވަޒީރު މުއްޠަލިބު މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
28 Apr 2026 | 10:52
ޕޮއިންޓް ހަމަނުވާ 300 އަށްވުރެ ގިނަ މީހުންނަށް ކުރީ ސަރުކާރުން ފުލެޓް ދިން؛ ސޮއިކުރުން މަޑުޖައްސާލީ އެހެންވެ: މުއްޠަލިބު

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފުލެޓަށް ޝަރުތު ހަމަނުވާ 300 އަށްވުރެ ގިނަ މީހުންނަށް ފުލެޓް އެލޮކޭޓް ކޮށްފައި ހުރި ކަމަށާ، ފުލެޓް ހަވާލުކުރުން މަޑުޖައްސާލީ އެ ސަބަބާހުރެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، ނިމިދިޔަ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ފުލެޓް ލިބޭ މީހުން ކަނޑައަޅައި އެގްރީމަންޓްގައި ސޮއިކޮށް ނިންމާފައި އޮތްއިރު، ވަރަށް ބޮޑަށް ނާއިންސާފުން ކަންކޮށްފައިވާ ކަމަށެވެ. އަދި އެކަން މި ސަރުކާރަށް ފާހަގަވީ ފަހުން ކަމަށެވެ. 

އެއީ ގެޒެޓްގައި އިން ލިސްޓްގައު ބުނާގޮތުން 76 މާކުސް އަށްވުރެ މަތިން ލިބިފައިތިބި ކޮންމެ މީހަކީ ފުލެޓް ލިބޭނެ ފަރާތެއް. 75 މާކްސް ލިބޭ ފަރާތްތަކަކީ ގުރުއަތަށް ދާނެ ފަރާތްތަކެއް. އެހެންނަމަވެސް 76 މާކުހަށްވުރެ މަތިން ލިބިފައިތިބި 325 ފަރާތަކަށް ފުލެޓް އެލޮކޭޓް ކުރުމެއްނެތި 75 މާކްސް ލިބިފައިތިބި 315 ފަރާތަކަށް ފުލެޓް އެލޮކޭޓް ކޮށްފައިއޮތީ

ވަޒީރު މުއްޠަލިބު

އެފަދައިން ކަންކޮށްފައިވާކަން ފާހަގަވީ ފުލެޓް ތަކުގައި ސޮއި ކުރުމަށް މިނިސްޓްރީން އެފްޑީސީއަށް ލިސްޓްތައް ފޮނުވަންފެށި ހިސާބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން، 75 މާކްސް ލިބި ފުލެޓް އެލޮކޭޓް ކޮށްފައި ތިބި މީހުން އެގްރީމަންޓްގައި ސޮއިކުރުން މަޑު ޖައްސާލަން އެންގެވި ކަމަށް ވަޒީރު ވިދާޅުވުއެވެ.

އެއީ ގެޒެޓްގައި ވަކިގޮތަކަށް ބަޔާންކޮށް އަންގައި، ލިބިދީފައިވާ ހައްގުތަކެއް ހިމާޔަތް ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށާ، އެއީ މި ސަރުކާރުން ބޭނުން ވެގެން ސިޔާސީ ގޮތުން ކުރި ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މުއްޠަލިބު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފުލެޓް ލިބޭ މީހުންގެ އައު ލިސްޓެއް ހަދާފައި ނުވާނެ ކަމަށާ، އެހެނެއް ކަމަކު ކުރީ ސަރުކާރުން ހަދާފައިވާ ލިސްޓްގައި ހުރި މީހުންގެ ތެރެއިން އެ ސަރުކާރުން ކަނޑައެޅި އުސޫލާ އެއްގޮތަށް މާކްސް ލިބިފައިވާ މީހުންނަށް ދީ، އުސޫލުން ބޭރުން ދީފައިވާ މީހުންގެ ފުލެޓް ނެގީ ކަމަށެވެ. 

އަދި އެއީ އަބަދުވެސް ކަންކުރާ އުސޫލުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ކަބަލުން
ޕޮއިންޓު އިތުރަށް ލިބި ފުލެޓު ލިބުނީމަ ވެސް ފުލެޓު ނުދިން ތިން ދަރިން ގޮވާގެން ކުޑަކުޑަ ތަން ކޮޅެއްގަ ދިރިއުޅެނީ ޝަރުތު ހަމަވާ ކަމަކަށް ނުވި !! މިތާދިރި ނޫޅޭ މީހުންގެ ޝަރުތު ހަމަވީ މިހަގީގަތް.
28 Apr 2026
މުއްޠަލިބު
ބައްލަވާ ތިބޭފުޅާ އިވެލުއޭޓް ކުރުމަށް ދެ އަހަރު ހޭދަކޮށްފަ އެކަން އެނގި ހުރެ ހަވާލުރުމަކީ ކުރި ކުށެއް. އަމިއްލައަށް އިއުތިރާފް ވީ ދެއްތޯ.
28 Apr 2026
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.