އެމްއެންޔޫއާ އީޒެޕް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އެމްއެންޔޫ
ވިޔަފާރި
28 Apr 2026 | 13:31
އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އީޒެޕްގެ ފަރާތުން ބުނީ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ މަތީ ތައުލީމު ހާސިލްކުރާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ، އަދި އެންމެ ބޮޑު "ސްޓޫޑަންޓް ބޭސް" އެއް ހިމެނޭ އިޖުތިމާއީ ހަރަކާތް ކަމަށެވެ.

އަދި ޔުނިވާސިޓީގައި ކިޔެވުމަކީ ހަމައެކަނި ފިލާވަޅުތަކާއި އެސައިންމަންޓްތަކަށް ހުސްވުން ނޫން ކަމަށާއި، މިއީ އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް ވަރުގަދަ މުޖުތަމައެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އީޒެޕުން ފާހަގަކުރިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، އެމްއެންޔޫގެ ދަރިވަރުންނަށް އީޒެޕް މެދުވެރިކޮށް ކާބޯތަކެއްޗާއި، ގްރޯސަރީ އަދި ދިރިއުޅުމުގެ އެހެނިހެން ސާމާނުތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

އީޒެޕުން ބުނި ގޮތުގައި އެ ކުންފުންޏަކީ ހަމައެކަނި ފައިދާ ހޯދުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތަކެއްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުސްވަގުތުތަކުގައި ޑެލިވަރީގެ މަސައްކަތް ކޮށްގެން ނުވަތަ އީޒެޕް ސްޓޯ މެދުވެރިކޮށް އަމިއްލަ ވިޔަފާރިތައް ފަށައިގެން ކަސްޓަމަރުންނާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.