ޑީއާރްޕީއާއި ގުޅިވަޑައިގަތުމަށް ޖާބިރު ނިންމަވައިފި

12 Jul 2019 | 20:54

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިކަން ވަނީ އެޕާޓީގެ ވަގުތީ ލީޑަރ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) މީޑިޔާތަަކަށް ޔަގީންކޮށްދެއްވާފައެވެ.

ކާނަލް ވިދާޅުވީ ޖާބިރުގެ އިތުރުން ރައްޔިތުންެގެ މަޖިލީހުގެ އެހެން ދެ މެންބަރަކުވެސް ޑީއާރްޕީއާއި ގުޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ފަރާތްތައް ޑީއާރްޕީއަށް ސޮއިކުރުމަށް ބާއްވާ ހަފްލާ، މިމަހުގެ 26ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ދުވަހަކީ ޑީއާރްޕީގެ އަހަރީ ދުވަސްކަން ފާހަގަކޮށްލެވެއެވެ.

ޖާބިރު ޑީއާރްޕީއާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕީީޖީ ގްރޫޕްގެ ލީޑަރަކަށް ޖާބިރު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

އެބޭފުޅާ މިވަގުތު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ޖާބިރު ދަނީ ސަރުކާރާއި އެމްޑީީޕީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ދާދިފަހުން ޖާބިރު ވަނީ އެބޭފުޅާ އަކީ އިދިކޮޅު ލީޑަރ ކަމަށްވެސް ވިދާޅުވެފައެވެ. ޖާބިރަކީ ޑީއާރްޕީގެ ފައުންޑަރ މެންބަރެކެވެ.

Advertisement

ކޮމެންޓް