އަބާޔާއެއް ލައިގެން ހުރި ކުއްޖަކު
ރިޕޯޓް
29 Apr 2026 | 09:08
މާމާ ގަނޑެކޭ ކިޔައިވެސް ތިޔަ ކުރަނީ ގަނާއެވެ.

އިއްޔެ ފޭސްބުކުން ފެނުނު ޕޯސްޓެކެވެ. ގާތްގަނޑަކަށް އުމުރުން 8 އަހަރުގެ ކުއްޖަކު ވަރަށް ރީތި އަބާޔާއަކާއި، ޚިމާރް އެއް އަޅައިގެން ހުރި ފޮޓޯ އެކެވެ. ނޫކުލައިގެ އެ އަބާޔާގައި ކުދި ކުދި ބީޑްސް ޖަހާފައި ހުރިއިރު، އެލައިގެން ހުރި ކުއްޖާއާ އެ ހެދުން ވަރަށް ގުޅެއެވެ. ލައިގެން ހުންނަ އިރު އެހާމެ ލޯތްބެވެ. މައުސޫމެވެ. 

ނަމަވެސް ދައްކަން މި އުޅެނީ އެވާހަކައެއް ނޫނެވެ. އެ ފޮޓޯގަނޑުގެ ކެޕްޝަންގައި ލިޔެފައިވާ ހިތްދަތި އެހާމެ ކަންބޮޑުވުންހުރި މައްސަލައެއްގެ ވާހަކައެވެ. އޭގެ ކުރީން ފޮޓޯގަނޑުގެ ކެޕްޝަންގައި ލިޔެފައިވާ ވާހަކަ ހިއްސާކޮށްލާނަމެވެ. 

”ނޭނގޭތީ ބުނެދެން ހެއްޔެވެ.  މިކުއްޖާ މިގޮތަށް ހެދުން ލައިގެން ބުރުގާ އަޅައިގެން ބޭރަށް ނުކުންނަނީ އެކުއްޖާގެ ހިތުގަ އިސްލާމްދީނަށް އޮތް ލޯތްބާއި އައުރަ ނިވާކުރުމުގެ މުހިންމު ކަން އެކުއްޖާގެ އެކުޑަކުޑަ ހިތަށް ވިސްނިފައިވާތީއެވެ. 

މިގޮތަށް ވިސްނުމަކީ އަހަރުމެންގެ ތެރެއިން ބޮޑެތި އަންހެނުން ނުކުޅެދިފައިވާ ކަމެއްކަން އެމީހުންށް ބަލާލީމަ އެބަ އެނގެއެވެ. 

އާއެކެވެ. އެމީހުން ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް އަހަރުމެން އެމީހުންނާ ދިމާކުރާކަށް ނެތީމެވެ. އެކަމަކު މި މީހުން މި ކުޑަ ކުޑަ ކުއްޖާ މިހެން ހެދުން ލައިގެން ބުރުގާ އަޅައިގެން ނުކުތީމަ އެހާވަރަށް “މާމާ” އޭ ގޮވުމުގެ ބޭނުމެއް ކޮބައިބާއެވެ. 

މިދައްކަނީ ކުޑަ ކުޑަ ކުދިން ތަކެއްގެ ވާހަކަ  އެއް ނޫނެވެ. މީހުންނާ  އިނދެ ދަރިން ލިބިފަ ތިބި އަންހެނުންގެ ގުރޫޕަކުން މިކުއްޖާއާ ދިމާކޮށް ބުލީ ކުރި ވާހަކަ އެވެ.” 

މީގެ ކުރިންވެސް ތުއްތު ކުއްޖަކު އަބާޔާލާތީ ކުއްޖާގެ ބެލެނިވެރިޔާއާއި ކުއްޖާއަށް ވެސް ގަނާކޮށް ބަދުބަސް ރައްދުކުރި މައްސަލަތަކާ ގުޅިގެން އެ ބެލެނިވެރިން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ޕޯސްޓްތައް ކޮށްފައިވާތަން ފެނިފައިވެއެވެ. އޭރުވެސް ގަނާ ކޮށްފައިހުރި ނުވިސްނޭ ވަރުގެ ކުޑަކުދިންނެއް ނޫނެވެ. އެހެނެއްކަމަކު އެފަދަ ތުއްތުު ކުދިންގެ މަންމައިންނެވެ. 

ބުލީކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

”ހާދަ ކަންތައްގަނޑު ބޮޑޭދޯ. އެއީ މަޖަލަކަށް ބުނިއެއްޗެކޭ“

ފަހަރުގައި މިވާހަކަ ދެއްކުމުން މީހަކު ބުނެދާނެއެވެ. ”ތިދެން މާ ކަންތައްގަނޑު ބޮޑު ކުރަނީއެވެ. އަހަރުމެން އެހެން ބުނީ މަޖަލަކަށެވެ.“

”މަޖަލަކަށެވެ“ މިއީ ގަނާ ކުރާމީހުން، ޚާއްސަކޮށް ކުޑަކުދީންނަށް ގަނާ ކުރާ މީހުން، އެކުދިން ރޯން ފެށުމުން، ނުވަތަ ރުޅި އައުމުން މިފަދައިން ބުނެއުޅޭ އެއްޗެކެވެ. 

އެ ތުއްތު ކުދިން ބޮޑުވަމުން އަންނައިރު، އެކުދިން، އެކުދިންނަށްވުރެ ކުޑަ ނުވަތަ ”ނިކަމެތި“ ކުދިންނަށް ”މަޖަލަކަށް“ ގަނާ ކުރެއެވެ. މިކަމަކަށް ނިމުމެއް ނާދެއެވެ. މިއީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އަންނަ ކަމެއް ފަދައެވެ. އެކަން ރޭކާލަނީވެސް މަދު ބަޔަކަށެވެ. 

ގިނަ މީހުންނަށް އެކަން ރޭކާލާއިރު ބުލީގެ ޝިކާރައަކަށްވީ ކުއްޖާ ހުންނަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. ބައެއް ފަހަރު، އެކަމުން އަރައިވެސް ގަންނަން ދަތި ޙާލަތުގައެވެ. 

ބުލީކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ގަނާ ކުރުން؛ ހީކުރާ ވަރަށްވުރެ ނުރައްކާތެރި ކަމެއް

އެހެން މީހުންނަށް ގަނާކޮށް ޖިސްމާނީ އަދި ނަފްސާނީގޮތުން އަނިޔާކޮށް، އެމީހުންގެ ދިރިއުޅުމަށް ދަތިކުރުވާއިރު، މިއީ އަހަރެމެން ހީކުރާ ވަރަށްވުރެވެސް ނުރައްކާތެރި ކަމެކެވެ. ދުނިޔަވީ ގޮތުން އެކަމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަން އަހަރުމެންގެ ލޯމަތިން ފެންނަމުން އަޑުއިވެމުންދާއިރު ދީނީ ގޮތުން ބަލާއިރުވެސް އެއީ ނަހީކުރެވިގެންވާ ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. 

އެގޮތުން އެކަމުގެ ހުރި ނުރައްކާ ހާމަކުރައްވައި އައްޝައިޚް އިބްރާހިމް ރާފިޢު ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވާ ގޮތުން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް މީހަކަށް އަނިޔާވެރިވުމަކީ ބޮޑު ފާފައެއް ކަމަށެެވެ. 

އަދި އެފަދައިން މީހަކަށް އަނިޔާވެރިވުމުގެ ނުރައްކާތެރިކަން ހާމަ ކުރައްވައި ޝެއިޚް ވަނީ މައިގަނޑު ތިން ކަމެއް ހާމަކުރައްވާފައެވެ.

1) މީހަކަށް އަނިޔާވެރިވުމަކީ ދުނިޔެމަތީގައިވެސް އެކަމެއްގެ ނުރައްކާއާ ކުރިމަތިލާން ޖެހޭ ކަމެއްކަން.

”ރަސޫލާ ﷺ ޙަދީސް ކުރައްވާފައި ވެއެވެ. ދެ ފާފައެއް ވެއެވެ. އެ ދެފާފައެއްގެ ސަޒާ މާތް الله އާޚިރަތް ދުވަހުން އެމީހަކަށްޓަކައި ތައްޔާރުކުރައްވާފައިވާ ޙާލުގައި ދުނިޔެމަތީގައުވެސް އެކަމުގެ ސަޒާ އެމީހަކަށް ދެއްވުން ގާތްވެގެންވާ. އެއް ފާފައަކީ ރަޙިމުގެ ގުޅުން ކަނޑާލުން. އަނެއް ކަމަކީ އަނިޔާވެރިވުން. “

”އެހެންވީމަ އެއްވެސް މީހަކަށް އަނިޔާއެއް ދީފި ނަމަ، އެ ފާފަ ކޮންމެވެސް ހިސާބަކުން އެމީހަކާ ބައްދަލު ކުރާނެ.“ޝެއިޚް ވިދާޅުވިއެވެ. 

2) އަނިޔާވެރިކަމުގެ ފާފައަކީ ތައުބާއަކުން ނުފުއްސަވާނެ ފާފައެއް.

”އިމާމް ނަވަވީ ރަޙިމަހުއްالله ވިދާޅުވެފައުވޭ. ޢިލްމުގެ އަހުލުވެރިން ބަޔާންކޮށްދެއްވާފައިވޭ. އަޅުތަކުންގެ ޙައްޤެއް ތައުބާއަކުން ނުފުއްސެވޭނެއޭ.“

”މާނައަކީ މީހަކު ފާފައެއް ކުރުމަށް ފަހު ތައުބާވުމުން، މާތްالله އާ އެމީހކާ ދެމެދުގައިވާ ފާފަ އެކަލާނގެ ފުއްސަވާނޭ އެކަމަކު މީހަކަށް އަނިޔާއެއް ދީފައިވާނަމަ، އެ އަނިޔާލިބުނު މީހާގެ ހައްގު އަދާވެއްޖައުމަށް ދާންދެން މާތްالله އެމީހާގެ ފާފަނުފުއްސަވާނޭ. “ ޝެއިޚް ވިދާޅުވިއެވެ.

ބުލީކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

3) އަނިޔާވެރިކަމުގެ ބަދަލު ހިއްޕެވޭގޮތް.

”ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައި ތިޔަމީހުންކުރެ މީހަކު އަނެކާއަށް އަނިޔާއެއް ދީފައިވާކަމުގައި ވާނަމަ، އޭނާގެ އަބުރާއި ޢިއްޒަތަށް އަރައިގެންފައިވާނަމަ، ނުވަތަ އެނޫން ގޮތަކުންވެސް އަނިޔާއެއް ދީފައިވާނަމަ އޭގެ ބަދަލުދީ އޭނާގެ ހިތް ހަލާލު ހޯދާށޭ ދީނާރާ ދިރުހަމުން ފައިދާ ކުރާނެ ދުވަސް އައުމުގެ ކުރީން.( ޤިޔާމަތް ދުވަސް އައުމުގެ ކުރީން).“

”މާނައަކީ އެދުވަސް އައުމުން މާތްالله އެމީހަކަށް މާފެއް ނުކުރައްވާނެއޭ، އޭގެ ބަދަލު އޭނާގެ ކިބައިން ހިއްޕެވޭނެއޭ. އެ އަނިޔާކުރި މީހާގެ ހެޔޮ ޢަމަލުތަކެއް ވާކަމުގައިވާނަމަ، އޭނާގެ ކިބައިން ހެޔޮ ޢަމަލުތައް ނަގާފައި، އަނިޔާ ލިބުނު މީހާއަށް އޭނާގެ ހައްގު އަދާވެއްޖައުމަށްދާންދެން އެ ހެޔޮކަންތައް އޭނާއަށް ދެވޭނެއޭ. ދެން އެ އަނިޔާކުރި މީހާގެ ކިބާގައި އެ ބަދަލު ދެވޭ މިންވަރަށް ހެޔޮކަންތައްތައް ނެތިއްޖެނަމަ، އަނިޔާ ލިބުނު މީހާގެ ފާފަތަކުން ބައެއް ނަގައި، އަނިޔާކުރި މީހާގެ ބޮލުގައި އަޅުވައިލެވޭނެއޭ. ދެ އެހިސާބުން އެ ފާފަތަކާއެކު އޭނާ ނަރަކައަށް ދާންޖެހޭނެއެވެ.“ ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚްގެ މިވާހަކަތަކަކީ ގަނާކުރާ މީހާއަށާއި ގަނާ ކުރެވޭ މީހާއަށްވެސް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. މިވާހަކަކޮޅުން އެކަނިވެސް އެކަމުގެ ހުރި ނުރައްކާތެރިކަން އެނގި ހާމަވެގެންދެއެވެ.

ބުލީކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ވުމާއެކު، އަހަރެމެންނަކީ ގަނާ ކޮށް އެހެން މީހުންނަށް އަނިޔާ ދިނުން ފަދަ ކަންކަމުން ދުރުވެގެންވާ ބަޔަކަށް ވުމަށް ޢަޒުމު ކަނޑައަޅަމާހެއްޔެވެ؟ މީގެ ކުރީން މީހަކަަށް އަނިޔާ ކުރެވިފައިވާ ނަމަ، އޭނާގެ ހިތްޙަލާލު ހޯދުމަށް އަވަސްވެގަންނަމާ ހެއްޔެވެ؟ ގަނާގެ ޝިކާރައަކަށްވެފައިވާ ކުއްޖާ/ މީހާ ބާކީ ކޮށްލުމުގެ ބަދަލުގައި، އޭނާއަށް އެހީވަމާ ހެއްޔެވެ؟ އަދި ގަނާގެ ޝިކާރައަކަށް ވެފައިވާ މީހާވެސް، ޙަޔާތުގެ ކަންކަން މާތްاللهއަށް ވަކީލުކޮށް، އެކަމަށް ކެތްތެރިވުމުން އެކަލާނގެ ދެއްވާނެ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް ނަމާދާއި ދުޢާއިން ވާގި ހޯދުމަށް އަވަސްވެގަންނަމާ ހެއްޔެވެ. އެއާއެކު، ނަފްސާނީ ގޮތުން ހޯދަންޖެހޭ އެހީ ހޯދައި އެކަމުން އަރައިގަންނަންވެސް މަސައްކަތް ކުރަމާ ހެއްޔެވެ؟

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޚާއްސަ ހެލްޕުލައިން އަކީ 1677އެވެ. މިއީ 24 ގަޑިއިރު ޚިދުމަތްދޭ ހެލްޕްލައިން އެކެވެ. 

އަޅުގަނޑުމެންގެ މި މުޖުތަޢުއަކީ އެކަކު އަނެކަކަށް އަޅާލާ، ލޯބިވާ މުޖުތަމަޢުއަކަށް ހެދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.