މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
ހަބަރު
29 Apr 2026 | 14:11
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހް ބާތިލް ނުކުރެވޭނެ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ދަށުން، މަޖިލީހުގެ މެންބަރަކު އިންތިހާބުވުމަށްފަހު އިންތިހާބުވީއިރު އެ މެންބަރު ހުރި ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެ ޕާޓީން އެ މެންބަރު ވަކިކޮށްފިނަމަ އޭނާގެ ގޮނޑި ގެއްލޭނެ އެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ، ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށެހެޅީ، ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލީ ހުސައިނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުالله ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ. 

މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، އެންޓި-ޑިފެކްޝަން އުސޫލަކީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް އޮތް ކަމެއް ނޫން ކަމަށާއި، ރާއްޖެ ފަދަ ރިޔާސީ ނިޒާމެއްގެ ސިފަތައް ހުރި ޤައުމުތަކުގައިވެސް އެ އުސޫލަށް އަމަލުކުރެވެމުން އަންނަކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބައިބައިވުން ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އެކި ޤައުމުތަކުގައި އަޅާކަންވެސް ފާހަގަކުރެއްވިއެވެ.

އަދި 20 ވަނަ މަޖިލީހަށް މި އިސްލާހު ހިންގިދާނެތޯ މައްސަލަ ހުށަހެޅުއްވި ފަރާތުން އުފެއްދެވި ސުވާލަށް ޖަވާބު ދެއްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ޖިނާއީ ޤާނޫނުތަކާ ޚިލާފަށް މަދަނީ ކަންކަމުގައި މާޒީއަށް ޤާނޫނު ނުހިންގޭނެ ފަދަ ހަރުކަށި އުސޫލެއް ނޯންނަ ކަމަށެވެ.

އެހެންކަމުން މިހާރު ހިނގަމުންދާ މަޖިލީހުގެ މައްޗަށްވެސް މި އިސްލާހު ހިނގާނެ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. 

މީގެ އިތުރުން، މި އިސްލާހުގެ ސަބަބުން ޤާނޫނުއަސާސީގެ ސިޔާދަތީ ބާރަށް ނުވަތަ މެންބަރުންގެ އަސާސީ ހައްގުތަކަށް އުނިކަމެއް އަންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާ، މިކަމަކީ އަސާސީ ހައްގުތަކާ ފުށުއަރާ ކަމެއްކަން އަލީ ހުސައިނަށްވެސް ސާބިތުކޮށްދެވިފައި ނުވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.