އެމްއެންޔޫގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / އެމްއެންޔޫ
ހަބަރު
29 Apr 2026 | 14:44
އެމްއެންޔޫގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2025 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ފަށައިފިއެވެ.

އެމްއެންޔޫ އިން މިކަން އިއުލާންކޮށްފައިވަނީ އެ ޔުނިވަރސިޓީން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައެވެ. އެގޮތުން، އެމްއެންޔޫ އިން މައުލޫމާތު ދޭގޮތުގައި، މި ރަސްމިއްޔާތު ކުރިއަށް ދާނީ 4 ސެޝަނަކަށް ބަހައިލައިގެން އެ ޔުނިވަރސިޓީގެ "އޭ ބްލޮކް" އޮޑިޓޯރިއަމްގައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ފުރަތަމަ ސެޝަނުގައި ދަސްވެނިވީ ސްކޫލް އޮފް ނާރސިންގްގެ 128 ދަރިވަރުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފަސަރު، އިބްރާހިމް ޢަބްދުއްރައްޒާޤު ހަލީމެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީއާއި، ވައިސް ޗާންސެލަރާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މީގެ އިތުރުން، ރަސްމިއްޔާތު ފެށުމުގެ ގޮތުން މަރުޙަބާގެ ބަސް ވިދާޅުވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް އެވެ. ވައިސް ޗާންސެލަރ ވާހަކަދައްކަވަމުން ވިދާޅުވީ، ޝަރަފުވެރި މެހެމާން ފަދަ ޚިދުމަތްތެރި ބޭފުޅަކު ރަސްމިއްޔާތަށް ވަގުތު ދެއްވުމަކީ ތައުލީމަށާއި ޤައުމީ ޔުނިވަރސިޓީގެ ހަރަކާތްތަކަށް ދެއްވާ އަހައްމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި ޔުނިވަރސިޓީއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ކްލިނިކަލް ތަމްރީނުތަކާއި ފަންނީ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑެތި އެހީތެރިކަމެއް ލިބެމުންދާކަން ފާހަގަކޮށް، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

ވައިސް ޗާންސެލަރ ދަސްވެނިންނަށް އިލްތިމާސްކުރެއްވީ އިސްލާމީ އަހްލާޤާއި އޯގާތެރިކަމާއެކު މުޖުތަމައުއަށް ހިދުމަތް ކުރުމަށެވެ. އަދި އުނގެނުމަކީ އަޚްލާޤީ ޒިންމާއެއްކަން ފާހަގަކުރައްވައި، ކާމިޔާބީގެ އަސްލަކީ މުވައްޒަފުންނާއި ދަރިވަރުން ގުޅިގެން ކުރާ މަސައްކަތެއްކަން ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ އިތުރު ސެޝަންތަކެއް މިއަދާއި މާދަމާވެސް ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.