އީވާ އަބްދުالله - ފޮޓޯ/ އެމްޑީޕީ
ހަބަރު
30 Apr 2026 | 13:13
އިހްސާންއަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު ރުހުންދޭން އެމްޑީޕީ މެންބަރުން ވޯޓުދިނުން ދެކޮޅެއް ނުޖެހޭ: އީވާ

ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ އިސް މެންބަރުންތަކެއް ވޯޓު ދެއްވުމާ ގުޅިގެން، މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބްދުالله ފާޑުވިދާޅުވެއްޖެއެވެ.

އީވާގެ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ވަޒީރުންނަށް، ހާއްސަކޮށް "އަދަދު" ނޫހަށް ފިޔަވަޅު އެޅުމާއި ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޕާޓީ ބަދަލުކުރުން ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މިނިސްޓަރު އިހްސާނަށް ރުހުން ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެމްޑީޕީގެ ލީޑަޝިޕްގެ މި ނިންމުމަކީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިނިސްޓަރު އިޙްސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން، މެންބަރު ޝަމްހީދު، މުޙައްމަދު އިބްރާހީމް (ކުޑޫ)، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިޢުޝާދު، އަޙްމަދު ޝާކިރު، އަދި އަޙްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓަރު އިޙްސާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް ވަގު ފޯމު ހެދި ކަމުގެ ތުހުމަތާއި، ފުލުހުންގެ ތަޙުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ސުލްޙަވެރި މުޒާހަރާތައް ރޫޅައިލުމުގެ ތުހުމަތު ހިމެނެއެވެ.

މީގެ އިތުރުން، ނޫސްވެރީންނާ ދެކޮޅަށް ތަޙުޤީޤު ހިންގުމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުން މަރުވުމުގެ މައްސަލަތަކާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ލީކުކުރުން ފަދަ ސީރިއަސް މައްސަލަތައްވެސް ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް "އަދަދު" ނޫސް ރެއިޑްކުރުމާ ގުޅިގެން މިނިސްޓަރު އިޙްސާނަށް އޮތް ފާޑުކިޔުން ވަނީ އިތުރަށް ބޮޑުވެފައެވެ.

އެތަނުން ބައެއް މައްސަލަތަކާ ގުޅިގެން މީގެ ކުރިން އެމްޑީޕީން ވަނީ އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި އެމްޑީޕީގެ އާންމު މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުން ދަނީ އެ ޕާޓީގެ މެންބަރުންގެ މި އަމަލަކީ ޕާޓީގެ އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓް
ގަރޭބެ
އީވާކަލޭއަގަނުތަލަބަލަ. ކަލޭތީމިޕާޓީއައް. އެންމެބޮޱުލަޱުދިންމީހުދެން. ލޮލް
30 Apr 2026
ހުސޭނުބެ
ތިޔަ އަންނި ފެކްޝަން އޮވެގެން މިޕާރޓިވެސް ހަމައެއް ނުޖެހޭނެއެވެ. ޕާރޓީ ދޫކޮށްފަ ދިޔަ ބަޔަކު އައިސްގެން މުޅި ގައުމުވެސް ޕާރޓީވެސް ހަރާބުކޮއްފިއެވެ. އަވަސްގޮތަކަށް މި ޑިމޮކްރަޓުން ތައް ބޭރުކުރާށެވެ.
30 Apr 2026
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.