ޓޮޓެންހަމް؛ ފޮޓޯ / އީއެސްޕީއެން
ކުޅިވަރު
02 May 2026 | 10:39
ޓޮޓެންހަމް ޕްރިމިއާ ލީގުން ރެލިގޭޓްވުމުގެ ބިރު ބޮޑުވެއްޖެ

މި އަހަރުގެ ޕްރިމިއާ ލީގު ސީޒަން ނިމެން ގާތްވެފައިވާއިރު، އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ކްލަބު، ޓޮޓެންހަމް ހޮޓްސްޕާ ލީގުން ރެލިގޭޓްވުމުގެ ބިރު ބޮޑުވެއްޖެއެވެ.

މިވަގުތު ތާވަލުގެ 18 ވަނައިގައި ޓޮޓެންހަމް އޮތްއިރު، މިއީ ލީގުން ވަކިވާންޖެހޭ ތިން މަގާމުގެ ތެރެއިން އެއް މަގާމެވެ. ޖުމްލަ 34 މެޗު ކުޅެފައިވާއިރު އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ 34 ޕޮއިންޓެވެ.

މި ސީޒަނުގައި ޓޮޓެންހަމްގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޚާއްޞަކޮށް 2026 ވަނަ އަހަރު ފެށުނު ފަހުން ލީގުގައި އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ. މިއީ 1977-1978 ވަނަ އަހަރުގެ ސީޒަނަށް ފަހު އެ ޓީމު ރެލިގޭޓްވުމާ މިހާ ގާތަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ރޮބާޓޯ ޑި ޒާބީ ހަވާލުވި ނަމަވެސް، ޓީމުގެ ނަތީޖާއަށް އަދިވެސް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. މީގެ އިތުރުން ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމަކީ ވެސް ޓީމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން މުހިންމު ދައުރެއް އަދާކުރާ ޑޮމިނިކް ސޮލާންކޭ އާއި ޒަވީ ސިމަންސް ފަދަ ކުޅުންތެރިންނަށް އަނިޔާވެ ކުޅުމާ ދުރުގައި ތިބެން ޖެހުމަކީ ޓީމުގެ ކުރިމަގަށް އޮތް ބިރެކެވެ.

ޓޮޓެންހަމް ކުރިއަށް އޮތް މެޗުތަކުގައި ވެސް ކުރިމަތިލާން ޖެހެނީ ވަރުގަދަ ޓީމުތަކާއެވެ. އޭގެ ތެރޭގައި އެސްޓަން ވިލާ، ޗެލްސީ އަދި އެވަަޓަން ހިމެނެއެވެ. މި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ، ޓޮޓެންހަމް އަންނަ ސީޒަނުގައި ފެންނާނީ ޗެމްޕިއަންޝިޕުންނެވެ.

ލީގުގެ ތާވަލަށް ބަލާއިރު، ބާންލީ އަދި ވުލްވްސް މިހާރު ވަނީ ރެލިގޭޓްވެފައެވެ. އެހެންކަމުން ދެން އޮތް ހަމައެކަނި ރެލިގޭޝަން ޖާގައަށް ޓޮޓެންހަމްއާއެކު ވާދަކުރަމުންދަނީ ވެސްޓް ހޭމް ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓެވެ. ވެސްޓް ހޭމް މިވަގުތު އޮތީ ޓޮޓެންހަމްއަށްވުރެ ދެ ޕޮއިންޓް ކުރީގައި 36 ޕޮއިންޓާއެކުގައެވެ. އަދި ނޮޓިންހަމް ފޮރެސްޓް އޮތީ 39 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.