ލިޔެލާޖަހަނީ: ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ހަބަރު
03 May 2026 | 11:48
ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ކޮންމެ ރަށަކުން 10 ތަރިކަވެރިން ތަމްރީނު ކުރަނީ

ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ޚާއްސަ އެ ރަށެއްގެ ތާރީޚާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަން ދިރުވައި އާލާކޮށް ބެލެހެއްޓުމަށް ކޮންމެ ރަށަކުންވެސް 10 ތަރިކަވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ތާރީޚާ ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ތަރިކަ ދިރާސާ ކުރާ މަރުކަޒުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، ”ދޫދޫމަތިން ހަނދާން އެެއްކުމުގެ މަޝްރޫޢު“ ނުވަތަ ނެޝަނަލް ޕްރޮޖެކްޓް ފޯ އޯރަލް ހިސްޓްރީ ކަލެކްޝަން ކުރިއަށްދާ ކަމަށާ އެ މަޝްރޫޢުގެ ބޭނުމަކީ ރާއްޖޭގެ ތާރީޚާ ސަގާފަތް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުން ކަމަށެވެ.

މިސާލަކަށް ލިޔެފައިވާ ތާރީޚްގެ އިތުރުން ދޫދޫމަތިން ބައެއް ފަރާތްތަކުން ކިޔައިދޭ ވާހަކަތައް، އެ ބޭފުޅުންގެ ހަނދާންތައް އެއްކުރުމުގެ ސަގާފަތެއް ދިވެހިންގެ މެދުގައި އަށަގެންނެވުން. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ މެދުގައި ދިވެހިން ކޮށްފައިވާ ތަޖުރިބާތަކާ ގުޅިފައިވާ ހަނދާންތައް ރިކޯޑްކުރުމުގެ ޤާބިލްކަން އަށަގެންނެވުމަށް ހިންގޭ މަޝްރޫޢެއް

ހީނާ ވަަލީދު

ހީނާ ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުންނަށް ދިމާވެފައިވާ ހާދިސާތަކާއި، ދިރިއުޅުމުގެ ކަންކަމާއި އެނޫންވެސް ތާރީޚާ ސަގާފަތާ ގުޅުންހުރި ކަންކަން ދިރުވައި އާލާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. 

އަދި މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ދިހަ މީހުން، ދޫދޫ މަތިން ހަނދާން އެއްކުރުމަށް މިހާރުވެސް ތަމްރީން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ތަރިކަ ވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫޢުއެއްވެސް ކުރިއަށްދާ ކަމަށާ، އެ މަޝްރޫޢުއަކީ ރާއްޖޭގެ ކޮންމެ ރަށެއްގެވެސް ތާރީޚީ އަދި ސަގާފީ މުއްސަނދިކަން ދެނެގަނެ، އެތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރިއަށްދާ މަޝްރޫޢުއެއް ކަމަށް ހީނާ ވިދާޅުވިއެވެ. 

”މި މަޝްރޫއުގެ ދަށުން ތަމްރީނު ކުރެވޭ ފަރާތްތަކަކީ އެ ރަށެއްގެ ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ވެގެންދާނެ. މި މަޝްރޫޢުގެ ތެރެއިންވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި 10 މީހުން ތަރިކަ ވެރިންގެ ގޮތުގައި ތަމްރީނުކޮށް އެ މަސައްކަތަށް ޚާއްސަ ކުރެވިގެންދާނެ.“ ހީނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.