ވަޒީރު މުއްޠަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ
ހަބަރު
06 May 2026 | 14:21
ތިލަމާލޭ ބްރިޖުގައި ބަނޑިއެއް ނުހުންނާނެ؛ ކޮލިޓީ މައްސަލައެއް ނެތް: ޑރ. މުއްޠަލިބު

އިންޑިޔާގެ އެފްކޮންސް ކުންފުނިން އަޅަމުންދާ ތިލަމާލޭ ބްރިޖުގައި ބަނޑި ހުރިކަމަށްބުނެ ދެކެވޭ ވާހަކަތައް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަޒީރު މުޢްޠަލިބު ވިދާޅުވީ، ބްރިޖުގައި ބައެއް މައްސަލަތަކެއް ހުރިކަމަށާ، ބަނޑިތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސއމީޑިއާގައި ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. 

މިއީ ކުރަހާފައި އިން ބްރިޖެއް ނޫން. މިއީ ޑިޒައިން ކޮށްފައި އިންޖީނިއާކޮށްފައި، އިން ބްރިޖެއް. މާނައަކީ ދުރުން ފެންނަ ގޮތަކަށްނޫން ކޮންމެހެން ހުންނަންޖެހޭނީކީ. އެ ބުނާކަހަލަ ޑިޕްއެއް ނުހުންނާނެ. މިއީ ލެގޯ އެއްގޮތަށް އެކިއެކި ބައިތައް ގެނެސް ގުޅުވައި، ސްޓްރަކްޗާއަކަށްވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓެއް އިން ނަމަ، ހުރިހާ ސެގްމެންޓެއް ގުޅިގެން އެއްވަރުވެގެން ނުދާނެ. އެހެންވީމާ ކޮލިޓީ މައްސަލައެއް ނޫޅޭ. ދުރުން ފެންނަނީ އެއީ އިލޫޝަންއެއް. ބްރިޖުގެ މަސައްކަތް ދަނީ އެބުނާ ކަހަލަ ބެންޑް ތަކެއް ހުރެގެންނެއް ނޫން. 

ވަޒީރު މުއްޠަލިބު

ބްރިޖު ނިމިދާއިރު ވެގެންދާނީ ”އިންޖީނިއަރިން މާވެލް“ އަކަށް ކަމަށާ، އެފަދަ ބުރަ މަސައްކަތެއް އެފްކޮންސްއަށް ނިންމާލެވުމަކީ އެ ކުންފުންޏަކީވެސް ބޮޑެތި ބުރަ މަސައްކަތް ކުރެވޭނެ ކުންފުންޏަކަށް ބަދަލުވެގެންދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްވެފައި، ނިންމާ ތާރީޚް ވެސް ފަސްވަމުންދާ ކަމަށާ، އެހެންނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ، ކޮންޓްރެކްޓަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި މަސައްކަތް ހުއްޓާލުމަށް ނޫން ކަމަށް ކަމަށެވެ. އޭގެ ބަދަލުގައި ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން މަސައްކަތް ނުހުއްޓި ކުރިއަށް ގެންގޮސް ނިންމާލުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި މަސައްކަތް މިހާރު ކުރިއަށްދާ ގޮތުން، އަންނަ 2027 އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.