ޑީއާރްޕީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ: ޖާބިރު

24 Jul 2019 | 22:54

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އެޕާޓީއާއި ގުޅުމަށް ތައްޔާރުވަމުންދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އާއި ވާާހަަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ޑީއާރްޕީއާއި ގުޅިވަޑައިގަތުމަށްފަހު އެ ޕާޓީ ކޮޅަށް ޖަަހައި، އެ ޕާޓީއަކީ ހަރުދަނާ ސިޔާސީ ޕާޓީއަކަށް ހަދާނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖާބިރު ވަނީ ސިޔާސީ ކަންކަމަށް އިތުރަށް ވަގުުތުދެއްވުމަށްޓަކައި އަމިއްލަފުޅު ވިޔަފާރީގެ މަސައްކަތުންވެސް ދުރުވެ ވަޑައިގަތުމަށް ނިންމަވާފައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އެޕާޓީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަަމަށާއި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް ޑީއާރުޕީން ވާދަކުރާނެކަމަށެވެ. މީގެ އިތުރުން ޖާބިރު ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ އަދަދުވެސް އިތުރުކުރާނެކަމަށް ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި އެބޭފުޅާގެ އަމާޒަކީ އެކި ޕާޓީތަކުން 18 ވަރަކަށް މަޖިލިސް މެންބަރުން ޑީއާރުޕީއަށް ގެނައުންކަމަށެވެ. ޑީއާރްޕީއާއި ޖާބިރު ގުޅުމަށް ހަމަޖެހިފައިވަނީ އެޕާޓީގެ އަހަރީ ދުވަސްކަމުގައިވާ 26ޖުލައިގައެވެ.

Advertisement

ކޮމެންޓް