ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)
ހަބަރު
14 May 2026 | 14:04
ލޯނު ދެއްކިޔަސް މަޝްރޫޢުތައް ކުރިއަށްދާނެ؛ ތަރައްޤީގެ މަޝްރޫޢުއެއް ނުހިނގާ އެންމެ ރަށެއްވެސް ނޯންނާނެ: ތަރުޖަމާނު

ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުއެއް ނުހިންގާ އެންމެ ރަށެއްވެސް ނޯންނާނެ ކަމަށާ، ބައެއް ރަށްރަށުގައި އެއް މަޝްރޫޢުއަށްވުރެ ގިނަ މަޝްރޫޢު ހިނގަމުންދާ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވަނީ މިދިޔަ 45 އެއްހާ ދުވަސްތެރޭގައި 971 މިލިއަން ޑޮޮަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފައެވެ. އެކަމުގެ ސަބަބުން މަޝްރޫޢުތައް ކުރިއަށް ނުދާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.  

އެކަން ފާހަގަކޮށް، މިއަދު އޮތް ޕްރެސާ ވިތް ސްޕޮކްސް ނިޔުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި މަޝްރޫޢު ނުހިނގާ ރަށެއް ނޯންނާނެ. އެއް މަޝްރޫޢުއަށްވުރެ ގިނަ މަޝްރޫޢު ހިނގާ ރަށްރަށް ހުންނާނީ. (އެކަން) ފަޚްރުވެރިކަމާއެކު އަބަދުވެސް ފާހަގަކުރަނީ އަޅުގަނޑުމެން. ބައެއް ތަންތާނގައި އެބަހުރި ވަރަށް ބައިވަރު މަޝްރޫއުތައް އެކި ހިސާބުތަކަށް ގޮއްސަ. 

ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

މުންދު ވިދާޅުވީ ވޭތުވެދިޔަ 45 އެއްހާ ދުވަސް ތެރޭގައި ސަރުކާރުން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށާ، އެ ދައްކާފައިވަނީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކަމަށެވެ. 

އެކަން ކޮށްފައިވަނީ ބަޖެޓްގެ ތެރެއިން، ނުވަތަ މަޝްރޫޢުތަކުގެ ޕީއެސްއައިޕީ އެކަށައަޅާފައި ހުރި ލާރި، ޑޮލަރު ނުވަތަ ދިވެހި ރުފިޔާވިޔަސް، އެއަށް ހުޢްޓުމެއް އަރުވައިގެން ނުވަތަ ބޭނުންކޮށްގެނެއް ނޫން އެކަން ކުރީ.

ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

މުންދު ވިދާޅުވިގޮތުން، ސުކޫކަށް ފައިސާ ދެއްކީ އެސްޑީއެއް ގައި ހުރި ފައިސާއިންނެވެ. އަދި އެކަން ކުރީ ޒިންމާދާރު ކަމަާއެކުގައެވެ. 

”އެއްވެސް މަޝްރޫޢަކަށް އަޅުގަނޑުމެން މިދައްކާ ލޯނަކުން ނޫނީ ދަރަނި އަދާކުރުމުގެ ސަބަބަކުންނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ. އަޔަސް އަންނާނީ ކޭޝް ފްލޯގެ ސަބަބުން. ހަނގުރާމައިގެން ސަބަބުން ކޭޝް ފްލޯއަށް އަސަރުކުރޭ. ކޭޝް ފްލޯއަށް އަންނަ ބަދަލާއެކު މަޝްރޫތަކުގެ ޓައިމްލައިނަށް ބަދަލު އައި ނަމަވެސް އެއްވެސް މަޝްރޫޢުއެއް ހުއްޓައެއް ނުލާނަން.“ މުންދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ