ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --
ހަބަރު
14 May 2026 | 14:44
ގަދަނުވާވަރަށް ބަލިވުމުން ޕެންޝަން ފައިސާ އެކީ ނެގޭ ގޮތް ހަދަން ފާސްކޮށްފި

ގަދަނުވާވަރަށް ބަލިވުމުން ޕެންޝަން ފައިސާ އެކީ ނެގޭ ގޮތް ހަދަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ރައްޔިތުންްގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އެވެ. ގު މުއްދަތަށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން ގަދަވާނެ ކަމުގެ އުންމީދު ކުޑަ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން އަދި ޕެންޝަން ފައިސާ ބޭނުންކުރެވޭ އިތުރު ހާލަަތްތައް ކަނޑައަޅަން ހުށައެޅި މި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓަށް އެހިއިރު ތަޅުމުގައި ހާޒިރުވެ ތިބި 70 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ.

މިއީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ރައްޔިތު ބައްދަލްވުންތަކުގައި އެެކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އެ ބައްދަލްވުންތަކުގައި ރައްޔިތުން ވެސް ވަނީ އެފަދަ ބަދަލެއް ގެނެސް ދިނުމަށް އެދިފަ އެވެ.

މިއަދު ފާސްކުރި މި އިސްލާހާއެކު ފަރުވާ ދިން ނަމަވެސް އެއް އަހަރަށްވުރެ ގިނަ ދުވަހު ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކުގައި ޕެންޝަން ފައިސާ އެކީ ނެގޭނެ އެވެ. ނުވަތަ އެ މީހަކު ބޭނުން މިންވަރަކަށް ބަހާލައިގެން ވެސް ނެގޭނެ އެވެ.

މީގެ އިތުރުން ޕެންޝަން ފައިސާއިން ބޯހިޔާވަހިކަން ހޯދުމަށް ކުރީން އޮތް ފުރުސަތު އިތުރަށް ފުޅާކުރަން ވެސް ފާސްކޮށްފައިވެ އެވެ. ކުރީން އޮތްގޮތުން ފްލެޓަށް ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާއިން މިންވަރެއް ބޭނުންކުރެވެ އެވެ. ނަމަވެސް އަލުން ގެނައި އިސްލާހާއެކު އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމާއި، ދިރިއުޅޭ ގެދޮރު މަރާމާތުކުރުމާއި، މިފަދަ ބޭނުންތަކަށް ނަގާ ލޯނުތަކުގެ ޑައުންޕޭމަންޓް ދެއްކޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.