ރައީސް ނަޝީދުއާއި ރައީސް ޔާމީން އަދި ރައީސް ޞާލިޙް
ހަބަރު
14 May 2026 | 17:19
ތިން ރައީސުންގެ މަޝްވަރާއަށް ތަރުޖަމާން: ކޮންމެ ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރެއްވި

އިދިކޮޅުގައި މިހާރު ތިއްބެވި ތިން ރައީސުން އެކުވެ މަޝްވަރާ ކުރެއްވުމަށް ނިންމެވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހާއެކު މަޝްވަރާކުރައްވާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ތިން ރައީސުންގެ މަޝްވަރާތަކެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެމްޑީޕީގައި ދެ ރައީސުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އޮތް ނަަމަވެސް ސަރުކާރާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގައި ދެ ރައީސުން ވެސް ބައިވެރިވާނެ އެވެ.

ތިން ރައީސުންގެ މަޝްވަރާއާ ގުޅޭގޮތުން ސުވާލުކުރުމުން މިއަދު އޮތް ''ޕްރެސާ ވިތު ދަ ސްޕޮކްސް'' ގައި ތަރުޖަމާން ވިދާޅުވީ އެއީ ވެރިކަަން ލިބިވަޑައިގަތުމުން ދެން ތިއްބެވި ބޭފުޅުން ހައްޔަރު ކުރެއްވި ބޭފުޅުން ކަމަށެވެ. ތަރުޖަމާން އެ އިޝާރާތް ކުރައްވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރު ކުރެއްވި ކުރެއްވުމަށެވެ.

ނަޝީދުގެ ވެރިކަމުގައި ޔާމީން ހައްޔަރުކޮށް އާރަށުގައި ބަންދުކުރެެއްވި އެވެ. އަދި ޔާމީންގެ ވެރިކަމުގައި ނަޝީދަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލުގައި ބަންދު ކުރެއްވި އެވެ. ރައީސް ސޯލިހްގެ ވެރިކަމުގެ ބޮޑުބައިގައި ޔާމީން އޮންނެވީ ޖަލުގަ އެވެ.

"ކޮންމެ ބޭފުޅަކަކީ އަނެއް ބޭފުޅަކު ހައްޔަރު ކުރެއްވި ބޭފުޅެއް. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅަކު އެބޭފުޅުންގެ ސީދާ މެއިން ރައިވަލްއޭ ވިދާޅުވި ބޭފުޅުން," މުންދު ވިދާޅުވި އެވެ.

ތަރުޖަމާން އަދި ވިދާޅުވީ ތިން ރައީސުންގެ މަގްސަދަކީވެސް އެއް މަގުސަދެއް ކަމަށެވެ. އެއީ އިދިކޮޅުގެ ރިޔާސީ ޓިކެޓް ހޯއްދެވުން ކަމަށް ވިދާޅުވި އެވެ. އަދި އެކުގައި މަސައްކަތް ކުރައްވަން ވިދާޅުވާއިރު މިއީ ކުރީން ކިހާ އެކުގައި އުޅުއްވި ބޭފުޅުންތަކެއްތޯ ސުވާލު ކޮށްލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ